ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވާ، މިސަރުކާރުގެ އެންމެ އިސް ވަޒީރު

ހަބަރު

ޢަބްދުއްރަޙީމް މަޖިލީހުގެ ރައީސްކަމަށްވަޑައިގަންނަވާނެކަން އިޢްލާންކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 އޭޕުރިލް 2024 , ހޮނިހިރު 12:12   864

ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވާ، އަދި މިސަރުކާރުގެ އެންމެ އިސް ވަޒީރު ޢަބްދުއްރަޙީމް މަޖިލީހުގެ ރައީސްކަމަށްވަޑައިގަންނަވާނެކަން އިޢްލާންކުރައްވައިފިއެވެ.

ޢަބްދުއްރަޙީމު މިކަން ޢިއްލާންކުރައްވާފައިވަނީ ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އަމިއްލަ ވަޒަނުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ރޭގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމު ވަނީ ލާމު އަތޮޅުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވާ އަހައްމިއްުޔަތުކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ޢަބްރުއްރަޙީމުގެ ދަރިކަލުން އިބްރާހިމް ފައިސަލް އަކީ މި ސަރުކާރުގެ ފަތުރުވެރިކަމާއިގުޅޭ ވަޒީރެވެ.

ފައިސަލް ވެސް ވަނީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވައި ބާއްޕާފުޅު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވުމަކީ ލާމުއަތޮޅަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއްކަމަށް ފާހަގަކުރައްވާފައެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއެއް ތަމްޞީލްކުރަން މެމްބަރުން ތިއްބަވާނެއެވެ. ހޮވިވަޑައިގެންފައިވާ މެމްބަރުންގެ ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަދުވަހުއެވެ. އަދި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސުން ކަނޑައަޅާނީ ތަޅުމުގައި ބާއްވާ ސިއްރުވޯޓަކުންނެވެ.

މެމްބަރުންނަށް ބަލާއިރު، ސަރުކާރުން ވަނީ 70 ވުރެ ގޮނޑީގެ ތާޢީދު ހޯއްދަވައި މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އިދިކޮޅަށް ލިބިފައިވަނީ މަދުކޮޅެކެވެ. ކުރީގެ ދެރައީސުންގެ ޕާޓީތައް ކަމުގައިވާ ޕީއެންއެފް އާއި ދަ ޑިމޮކްރެޓްސް އެއްވެސް ގޮނޑިއެއް ހޯދިފައިނުވެއެވެ. އެހެންކަމުން، ސަރުކާރު ހިންގުމާއި މަޖިލީހުން ނިންމަންޖެހޭކަންކަން ނިންމުމުގައި ސަރުކާރު ބޭނުންވާގޮތަށް ކަންކަން ނިންމުމުގެ ފުރުސަތުވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ.

ޓެގްސް: ޕީއެންސީ އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.