އީލަން މަސްކް

މުނިފޫހިފިލުވުން

ކެޓަމިން ބޭނުންކުރަނީ "ނެގެޓިވް ފްރޭމް އޮފް މައިންޑް" އަށް ކަމަށް އީލޮން މަސްކް ބުނެފި

ދާނިޝް - އެމެރިކާ | 29 މާރޗް 2024 , ހުކުރު 12:20   125

ޓެސްލާގެ ސީއީއޯ އޭނާގެ މަސްތުވާތަކެތި ބޭނުންކުރުމުން އިންވެސްޓަރުންގެ ވިސްނުމަށް ނުފޫޒު ފޯރުވިދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އޭނާގެ "ނެގެޓިވް ފްރޭމް އޮފް މައިންޑް" އަށް ފަރުވާ ކުރުމަށް ކަނޑައެޅިފައިވާ ކެޓަމައިން ނެގުން ދިފާއުކޮށް، ޓެސްލާގެ އިންވެސްޓަރުންނަށް އޭނާ ބޭސް ބޭނުންކުރުމަކީ ރަނގަޅު ކަމެއް ކަމަށް ބުނެފަ އެވެ.

ސީއެންއެންގެ ކުރީގެ ހޯސްޓް ޑޮން ލެމަންއަށް ދިން އިންޓަވިއުއެއްގައި މަސްކް ބުނީ އެނެސްތެޓިކް އަކީ "ނެގެޓިވް ކެމިކަލް ސްޓޭޓެއް" ގެ ޝިކާރައަކަށްވުމުން އޭނާއަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ދެކޭ ކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑަށް ލިބޭ... ޑިޕްރެޝަން އަކީ އެއްވެސް ނެގެޓިވް ހަބަރަކާ ގުޅިފައި ނުވާ ޑިޕްރެޝަނެއް، ދެން ކެޓަމައިން އަކީ އެ ހާލަތުން ނެރުމަށް އެހީތެރިވެދޭ އެއްޗެއް،" އެކްސްގައި ހޯމަ ދުވަހު އާންމުކުރި އިންޓަވިއުއެއްގައި މަސްކް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ނާޖާއިޒު ފައިދާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ހީވޭތޯ ސުވާލު ކުރުމުން އެކްސް ގެ ވެރިޔާ އަދި ޓެސްލާ އާއި ސްޕޭސް އެކްސް ހިންގާ މަސްކް ބުނީ އޭނާ އެގޮތަށް ނުވިސްނާ ކަމަށާއި ކޮންމެ ހަފުތާއަކު އެއް ފަހަރު ނަގަނީ "ކުޑަ މިންވަރެއް" ކަމަށެވެ.

"މާ ގިނައިން ކެޓަމިން ބޭނުންކުރާ ނަމަ ހަގީގަތުގައި މަސައްކަތެއް ނުކުރެވޭނެ، އަޅުގަނޑަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި - އާންމުކޮށް 16 ގަޑިއިރު ގެ މުއްދަތެއް މި ދެނީ. އެއީ އަޅުގަނޑަށް އާދައިގެ ކަމެއް،" މަސްކް ބުނިއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އޭނާގެ ސަރުކާރުގެ ކޮންޓްރެކްޓްތަކަށް ނުވަތަ ވޯލް ސްޓްރީޓްގެ އިންވެސްޓަރުންގެ ވިސްނުމަށް ބުރޫ އަރާފާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް މަސްކް ވަނީ ދޮގުކޮށްފައެވެ.

"ޓެސްލާއަކީ ކާރު އިންޑަސްޓްރީގެ އެހެން އިންޑަސްޓްރީއެއް އެކުލެވިގެންވާ މިންވަރަށް އަގު ހުރި އެއްޗެއް، އެއްވެސް ކަމެއް ނެތި. އެއީ ވަރަށް ރަނގަޅު ކަމެއް. މިދިޔަ އަހަރު ދުނިޔެއިން އެންމެ ގިނައިން ވިއްކި ކާރުގެ ލަގަބު ލިބުނީ އަހަރެމެންނަށް.އެހެންވީމަ އިންވެސްޓަރުންގެ ނަޒަރުގައި އަޅުގަނޑު ނަގަމުން އަންނަ އެއްޗެއް އޮތްނަމަ އަޅުގަނޑު އެކަން ހިފައިގެން ކުރިއަށް ގެންދަންވީ،" އޭނާ ބުންޏެވެ.

މަސްކް އިތުރަށް ބުނީ ޑިޕްރެޝަނާއި ވޭނަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ނަށް ލަފާ ދެވިދާނެ ކެޓަމިން ބޭނުންކުރުމާ ބެހޭ ގޮތުން މީގެ ކުރިން ވެސް ވާހަކަ ދެކެވިފައި ވަނީ އެހެން މީހުންނަށް އެހީވެދޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އުމުރުން 52 އަހަރުގެ ބިލިއަނަރު ވަނީ މިދިޔަ މާޗް މަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ.

"ރައީސް ޓްރަމްޕް ވާހަކަ ދައްކަވަން ވަރަށް ލޯބިވޭ. އެހެންވީމާ، އަޅުގަނޑުމެން ވާހަކަ ދެއްކީ. އާންމުކޮށް ނުދައްކަވާ އެއްވެސް ވާހަކައެއް އޭނާ ވިދާޅުވި ހަނދާނެއް ނެތް،". އަދި ސިޔާސީ ހަދިޔާއަކަށް ނުވަތަ އެނޫންވެސް މާލީ އެހީއަކަށް ޓްރަމްޕް އެދިވަޑައިނުގަންނަވާ ކަމަށް މަސްކް ބުންޏެވެ.

މަސްކް ބުނީ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު "ފައިނަލް ސްޓްރެޗް" ގައި އެންޑޯސް ކޮށްފާނެ ކަމަށާއި ނަމަވެސް އަދި ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

މަސްކް ބުނި ގޮތުގައި އޭނާ ހުރީ އިންތިހާބުގެ ވަކި ކެނޑިޑޭޓަކު ކޮޅަށް ޖެހިގެން ނޫން ކަމަށާއި ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ދުރަށް ޖެހިގެން ކަމަށެވެ.

މީގެ އިތުރުން އެކްސް އިން މިދިޔަ ޖެނުއަރީ މަހު ލެމަންއާ އެކު ކޮންޓެންޓް ޕާޓްނަޝިޕެއް އިއުލާން ކުރި ނަމަވެސް ފުރަތަމަ އެޕިސޯޑް ދެއްކުމުގެ ކުރިން މަސްކް ވަނީ މިދިޔަ ހަފުތާގައި ކުއްލި ގޮތަކަށް "ދަ ޑޮން ލެމަން ޝޯ" ކެންސަލްކޮށްފަ އެވެ.

މަސްކްއަށް ދެއްވި އިންޓަވިއުގައި އެކްސްގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެދިގެން ދިޔައެވެ. ލެމަން ބުނެފައި ވަނީ ޓެސްލާގެ ސީއީއޯ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވައުދުވެވަޑައިގަތުމުން "އަހަރެން ކަހަލަ މީހުންގެ ފަރާތުން އޭނާއާ ކުރާ ސުވާލުތައް ނުހިމެނޭ ހެން ހީވާ" ކަމަށެވެ.

ފަހުން އެކްސްގައި މަސްކް ވިދާޅުވީ ލެމަންގެ ވިސްނުމަކީ "މައިގަނޑު ގޮތެއްގައި "ސީއެންއެން، އެކަމަކު ސޯޝަލް މީޑިއާގައި" އޮތް ވިސްނުމެއް ކަމަށާއި "ސައްހަކަމެއް ނެތް" ކަމަށެވެ.

ޓެގްސް: އީލާން މަސްކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.