ެއެންމެންވެސް ވަރަށް އިޙްތިރާމާއެކު "ކަލޭ ބެލުމުގެ ޒިންމާ ބޭނުމެއް ނޫން" ކަމަށްބުނެ އިންކާރުކުރި

މުނިފޫހިފިލުވުން

ޑައިރެކްޓަރުން އަބިޝެކް ބަލއިނުގަންނަކަމަށް ބުނެފި

ހުސެން ހަމްދާން - އިންޑިއާ | 31 ޑިސެންބަރު 2023 , އާދީއްތަ 09:47   706

އަބިޝެކް ބައްޗަން ދިން އާ އިންޓަވިއުއެއްގައި ހާމަކުރި ގޮތުގައި އާންމުން ގަބޫލުކުރާ ގޮތާ ހިލާފަށް އޭނާއާ ބައްދަލުވި ކޮންމެ ފިލްމު އުފައްދާ މީހަކު ވެސް އޭނާ އެކްޓަރެއްގެ ގޮތުގައި ލޯންޗު ކުރަން "އިހުތިރާމާއެކު" ދެކޮޅު ހަދައެވެ.

ހިންދީ އެކްޓަރސް އޮން ރައުންޑް ޓޭބަލްގައި ދިން އިންޓަވިއުއެއްގައި އަބީޝެކް ބުނެފައިވަނީ އޭނާ ފިލް އިންޑަސްޓްރީއާއި ގުޅެން އުޅުމުން އިންޑަސްޓްރީ ތެރޭގައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވި ފޯރިއެއް އުފެދިގެން ދިޔަކަމަށެވެ. ނަމަވެސް އެއީ އޭނާއަކީ އަމީތާބު ބައްޗަންގެ ދަރިއަކަށްވީތީއެވެ. އަދި އޭނާ ބުނެފައިވަނީ އެއާ ޚިލާފަށް އޭނާއާއެކު މަސައްކަތް ކުރަން މީހުން ޝައުޤުވެރިއެއް ނުވިކަމަށެވެ. އޭނާ ބުނެފައިވާގޮތުގައި ބައްދަލުވެވެންތިބި ހުރިހާ ޑައިރެކްޓަރުންނާ ބައްދަލުކުރި ނަމަވެސް، އެއެންމެންވެސް ވަރަށް އިޙްތިރާމާއެކު "ކަލޭ ބެލުމުގެ ޒިންމާ ބޭނުމެއް ނޫން" ކަމަށްބުނެ އޭނާއަށް އިންކާރުކޮށްފައިވާކަމަށެވެ.

އެއަށްފަހު އޭނާ ކިޔާދީފައިވަނީ އޭނާގެ ފުރަތަމަ ފިލްމުގެ ވާހަކައެވެ. އެޑް ފިލްމް ހަދާ އެކުވެރިއެއްކަމަށްވާ ރާކޭޝް އޯމްޕްރަކާޝް މެހެރާއާއި އެކު އޭނާ ޕީރިއަޑް ފިލްމެއް ހަދަން ފެށިއެވެ. އެފިލްމުގައި އޭނާގެ ރޯލުކުޅުމަށް ތުނބުޅިއާއި މަތިމަސް ދިގުކޮށް، ފިލްމު އޭބީސީއެލްގެ ދަށުން ޕްރޮޑިއުސް ކުރުމަށް އަމީތާބް ބައްޗަން އަށް ހުށަހެޅުމުން އަމީތާބު ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓަކީ "ބަގްވާސް" އެއް ކަމަށެވެ.

އަބިޝެކްއަށް ފުރަތަމަ ފިލްމު ލިބުނު ގޮތް

ދަރިފުޅަށް ހިއްވަރު ދިނުމުގެ ގޮތުން އަމީތާބް އަބީޝެކް ގޮވައިގެން ފިލްމްފެއާ އެވޯޑްސް އަށް ދިޔައިރު، ފިލްމު ޑައިރެކްޓަރ ޖޭޕީ ދައްތާއަށް އޭނާ ފެނިގެން ދިޔަ އެވެ. ޖޭޕީ ދައްތާވަނީ ހަމަ އެރޭ ބްލޮކްބަސްޓާ ފިލްމު ބޯޑާ އިން އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދާފައެވެ. އަދި އޭގެ ދެތިން ދުވަސް ފަހުން އަބިޝެކް އާއި ގުޅައި އޭނާ ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވާ ފިލްމުގައި އެކްޓް ކުރުމަށް ފުރުސަތު ދިނެވެ. ނަމަވެސް ފަހުން އެ ފިލްމު ކެންސަލްވުމުން ޖޭޕީ ވަނީ 2000 ވަނަ އަހަރު އޭނާގެ ކްރޮސް ބޯޑަރު ރޮމޭންސް "ރެފިއުޖީ"ގައި އަލަށް ތައާރަފްވި ކަރީނާ ކަޕޫރުއާއި އެކު އަބިޝެކް ކާސްޓްކޮށްފައެވެ.

އަދި ސަމްޖައުތާ އެކްސްޕްރެސްގެ ސްކްރިޕްޓަކީ "ބަކްވާސް" ކަމަށް އަމީތާބުގެ ފަރާތުން އަޑު އިވުމުން ރާކޭޝް އެނބުރި ގެއަށް ގޮސް އަކްސްގެ ސްކްރިޕްޓް "ރިވެންޖް-ރައިޓް" ކޮށް އޭނާގެ ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި އެފިލްމު ނެރެފައިވާކަން އަބިޝެކް ފާހަގަކޮށްފައިވެއެވެ. އަދި މިފިލްމުގައި ޚުދު އަމީތާބް ވެސް ފެނިގެން ދިޔަ ކަމުގައި ބުނެފައިވެއެވެ.

ޓެގްސް: ބޮލީވުޑް އަބިޝެކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.