ފިނޭން މިނިސްޓަރ ޑރ. ޝަފީޤް ވޯލްޑްބޭންކުގެ ވެރިޔާ އާއިއެކު

ހަބަރު

ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް ޗައިނާ އާއި އިންޑިއާ އާއިއެކު ކުރާ ވިޔަފާއިތަކުގައި ދިވެހިފައިސާ ބޭނުންކުރެވޭތޯ މަސައްކަތްކުރާކަމަށް ސަރުކާރުން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 އޭޕުރިލް 2024 , ބުރާސްފަތި 15:31   406

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް ޗައިނާ އާއި އިންޑިއާ އާއިއެކު ކުރާ ވިޔަފާއިތަކުގައި ދިވެހިފައިސާ ބޭނުންކުރެވޭތޯ މަސައްކަތްކުރާކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އެންމެ ބޮޑު ރޭޓަކީ 15.42ރ. އެވެ. ނަމަވެސް، ބޭންކިންގ ނިޒާމުގެ ތެރެއިން ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް ބޭނުންވާވަރަށް ޑޮލަރު ނުލިބޭތީ ޑޮލަރު ޑޮލަރުގެ ކަޅުބާޒާރެއް އުފެދިފައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. މިހާރުވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގުހުރީ 17ރ. އަށްވުރެވެސް މަތީގައެވެ.

ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ކަޅުބާޒާރުން ޑޮލަރު ގަންނަމުންނެވެ.

ޑޮލަރުގެ މައްސަލައަށް ޙައްލުނުލިބެގެން އުޅޭ މައިގަނޑު ސަބަބެއްގެ ގޮތުގައި ކަމާއިގުޅޭ މާހިރުން ފާހަގަކުރައްވަނީ، ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރު މަދުވުމެވެ.

މިކަމާއި ގުޅިގެން ފިނޭސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެފައިވަނީ، މިމައްސަލަ އަށް ޙައްލުހޯދުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ. އޭގެ ތެރޭގައި، ބޭންކިން ނިޒާމަށް އޮންނަ އިތުބާރު ބޮޑުކުރަން މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އަދި ޓެކްސް ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުތައް އިތުރުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.

އޭގެ އިތުރަށް ވެސް އަވަށްޓެރި އިންޑިއާ އާއި ޗައިނާ އާއިއެކު ކުރެވޭ ވިޔަފާރި މުޢާމަލާތުތަކައި ދިވެހި ފައިސާ ބޭނުންކުރަން އެސަރުކާރުތަކާއި މަޝްވަރާކުރެވެމުންދާކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ވެސް އިންޑިއާ ސަރުކާރާއިއެކު އެފަދަ ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އެކަން އެގޮތަށް އިންތިޒާމުކުރެވިފައި ނުވެއެވެ.

ޓެގްސް: ބޭރުފައިސާ އިގްތިޞޯދު ޔޫއެސްޑޮލަރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.