ޑަންކީގެ ޕޯސްޓަރެއް

މުނިފޫހިފިލުވުން

ޑަންކީ ބަލާލުމަށްފަހު ގޯރީ އާއި އަބްރަމް ރިއެކްޓް ކުރި ގޮތް ޝާހްރުކް ހާމަކޮށްފި

ހުސެން ހަމްދާން - އިންޑިއާ | 22 ޑިސެންބަރު 2023 , ހުކުރު 16:27   653

ޝާހްރުކް ޚާންގެ އާ ފިލްމު، ރާޖްކުމާރު ހިރާނީގެ "ޑަންކީ" ރިލީޒް ކުރުމަށް ހުރިހާ ކަމެއް ތައްޔާރުވެއްޖެ އެވެ. އޭނާ ވަނީ މި ހަފްތާގައި ފިލްމު ރިލީޒް ޕްރޮމޯޓް ކުރުމަށް ދުބާއީ އިން އެނބުރި އަންނަމުން އެކްސް (ކުރިން ޓްވިޓާ) ގައި އާސްކް އެސްއާރުކޭ ސެޝަނެއް ބާއްވާފަ އެވެ. ޝާހްރުކް ވަނީ ޑަންކީ ބަލާލުމަށްފަހު ގޯރީ ޚާން އާއި އަބްރަމް ޚާން ރިއެކްޓް ކުރި ގޮތް ހާމަކޮށްފައެވެ.

އެކްސް ޔޫޒަރަކު އޭނާގެ އަންހެނުން އަދި ފިލްމުގެ ކޯ ޕްރޮޑިއުސަރު ގޯރީ ޑަންކީއާމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ޝާހްރުކް ލިޔެފައިވަނީ، "އޭނާ ބުނެފައިވަނީ އެއީ ވަރަށް ފަޚުރުވެރިވާ ފިލްމެއްކަމުގައި ކަމަށާއި ފިލްމުގެ މަޖާޒީކަމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ." އަދި އެހެން ޔޫޒަރަކު ވަނީ ޝާހްރުކްގެ ދޮށީ ދަރިފުޅު އަބްރަމް ފިލްމު ބެލިތޯ ސުވާލުކޮށްފަ އެވެ. ޝާހްރުކް ޖަވާބުގައި ބުނެފައިވަނީ އަބްރާމްއަށް ފިލްމު ފެނިފައިވާ ކަމަށާއި "އައި ވޯންޓް ޓު ގޯ ޓު ލެވެޓޮރީ" ލަވަ އޭނާ ތަކުރާރުކޮށް ކިޔަމުންދާ ކަމަށެވެ.

ޝާހްރުކްގެ "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދު ވެސް އޭނާގެ އެކްސްގައި ލިޔެފައި ވަނީ، ކުޅިވަރާއި ހުނަރުގެ އެންމެ މަތީ ދަރަޖައިގައި ތިބި މެސްޓްރޯސް އެއްތަނަކަށް އެއްވާ ފިލްމެއް މަދުފަހަރަކު ނޫނީ ނުފެންނަކަމަށެވެ. އަދި ޝާހްރުކް އާއި ރާޖޫ ހިރާނީ އަށް މުޚާތަބްކޮށް ބުނެފައިވަނީ، މިފިލްމަށް އެނާ ވަރަށް އިންތިޒާރުކުރާކަމަށެވެ. އަދި އޭނާހުރީ ސިނަމާގައި މި ފިލްމުބަލައި އުފާވެރިކަމާއެކީ ހީ، ރޮއެ، ނަށަން ތައްޔާރަށް ކަމަށެވެ.

ސިދާތުގެ ވާހަކައަށް ރައްދުދީ އެކްޓަރު ޝާހްރުކް ލިޔެފައިވަނީ "ޔޭ މައި ފައިޓަރ ޑައިރެކްޓަރ. ފިލްމުގައި ވެސް ކޮންމެވެސް އެކްޝަނެއް ހުރިކަން އެނގުމުން އުފާވާނެ... ތިބާގެ ފިލްމުތައް ފަދައިން ސްޓައިލިޝް ނޫން ނަމަވެސް "ގްރިޓީ" އަދި "ޓަފް" ހާ ހާ. ލަވް ޔޫ" މިފަދައިންނެވެ.

ސެޓުގައި ޚިޔާލުތަފާތުވުންތައް ހައްލުކުރަނީ ކިހިނެއްތޯ ޔޫޒަރަކު ސުވާލު ކުރުމުން ޝާހްރުކް ޖަވާބު ދިނީ، ޑައިރެކްޓަރު ބުނާ ގޮތަށް ކަންތައް ކުރާށެވެ. އަދި ހާއްސަކޮށް ޑައިރެކްޓަރަކީ ރާޖޫ ހިރާނީ ނަމަ ދުވަހަކުވެސް ޚިޔާލުތަފާތުވުމެއް ނުބޭއްވުން ކަމުގައެވެ.

ޑަންކީ އަކީ ރާޖްކުމާރު ހިރާނީއާ އެކު ޝާހްރުކްގެ ފުރަތަމަ ކޯލަބްރޭޝަން އެވެ. ޝާހްރުކްގެ އިތުރުން މިފިލްމުން މަޝްހޫރު ތަރިން ކަމަށްވާ ތާޕްސީ ޕަންނޫ، ވިކީ ކައުޝަލް، އަދި ބޯމަން އިރާނީ ވެސް ފެނިގެންދާނެ އެވެ.

މިއަދު މިފިލްމު ރިލީޒް ކުރެވިގެންދާއިރު ދިވެހި ފޭނުންވެސް ފިލްމުގެ އިންތިޒާރުގައި ތިބިކަން ކަށަވަރެވެ.

ޓެގްސް: ބޮލީވުޑް ޝާޙްރުކް ޚާން (އެސްއާރުކޭ)
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.