މުބާރާތުގައި ޤައުމީޓީގެ ފޯވާޑް ޢަލީ އަޝްފާޤް އާއި އެހެން ކުޅުންތެރިން ބައިވެރިވާނެ، މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،00ރ. އަދި ރަނަރއަޕް...

ހަބަރު

އެމްއޭސީއެލް އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މިއަދު އައްޑޫގައި ފެށެނީ، ކިކްއޯފް ސެރެމޮނީ ހަވީރު 3.30ގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 އޭޕުރިލް 2024 , ހޮނިހިރު 13:26   1552

އެމްއޭސީއެލް އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މިއަދު އައްޑޫގައި ފެށޭނެއެވެ.

ކިކްއޯފް ސެރެމޮނީ އޮންނާނީ ހަވީރު 3.30ގައި އައްޑޫ ސްޑޭޓިއަމްގައެވެ.

މި މުބާރާތަކީ އައްޑޫސިޓީ ކައުންސިލުން އައްޑޫގެ ފުޓުބޯޅަކުރިއަރުވައި ދިރުވުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގައި އައްޑޫގެ އެކި އަވަށްތަކުން ޓީމުތައް ބައިވެރިވާއިރު، މިދިއަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ފޭދޫ ސްޕޯޓްސް އިންނެވެ.

މުބާރާތް އިންތިޒާމްކުރުމުމުގެ އެންމެހައި ކަންކަން ކުރަމުން އަންނަނީ ޔުނިޓީ ފައުންޑޭޝަނުންނެވެ. ޔުނިޓީ ފައުންޑޭޝަން އަކީ މި ފަދަ ކުރިވަޅު މުބާރާތްތައް އިންތިޒާމުކުރުމުގައި މީގެކުރިން ވެސް އިންތިޒާމުކުރަމުން އަންނަ ފަރާތެކެވެ. މިގޮތުން މިދިޔަ އަހަރު އައްޑޫގައި އެފްއޭއެމް އިން ބޭއްވި ސްކޫލްތަކުގައި ފުޓުބޯލް މުބާރާތް، ވެންއޫދު އިންޓަރސްކޫލް ފުޓުބޯޅަ މުބާރާތް ވެސް ފުރިހަމަކަމާއިއެކު އިންތިޒާމްކޮށްފައިވަނީ އެފަރާތުންނެވެ.

ޗެމްޕިއަންޓީމަށް 100،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް އައްޑޫސިޓީ ކައުންސިލުން 50،000ރ. ދިނުމަށް ހަމަޖެހިފައިވާ މިއަގުބޮޑު މުބާރާތް އޮންނާނީ އޭޕްރީލް މަހުގެ 27 އިން މޭމަހުގެ 11 ވަނަ ދުވަހާއި ހަމައަށެވެ.

މުބާރާތަށް ޚާއްޞަކޮށްގެން ޔުނިޓީ ފައުންޑޭޝަނުން ވަނީ footballmaldives.com ގައި ޚާއްޞަ ޕޯޓަލްއެއް ވެސް ޤާއިމުކޮށްފައެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުރިހައި ޓީމްތަކާއި ކުޅުންތެރިންގެ މަޢުލޫމާތުތައް އަދި މެޗުތަކުގެ ތަފްޞީލްތައް ކޮންމެ ގަޑިއެއްގައި ވެސް ބެލޭނެއެވެ.

މުބާރާތުގެ އިންފަރާތްތައް އަދި ސްޕޮންސަރުން:

- އިންތިޒާމްކުރާ ފަރާތް، އައްޑޫސިޓީ ކައުންސިލް

- ހިންގާ ފަރާތް، ޔުނިޓީ ފައުންޑޭޝަން

- ޓައިޓްލް ސްޕޮންސަރ، އެމްއޭސީއެލް

- ކޯ ސްޕޮންސާރ، ސޯސަން ފިހާރަ

- ޕްރިންޓް ޕާޓްނާރ، ކޮންޓްރޯލް ޕީ

- ކޭޓަރިންގ ޕާޓްނާ، ފާސްޓްފުޑް

- މޮބައިލް ޕާޓްނާރ، އީހަބް

- މީޑިއާ ޕާޓްނާރ، އެކްސްޕްރެސް ނިއުސް

2022 ވަނަ އަހަރު ބޭއްވުނު އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން

ކިކްއޯފް ސެރެމޮނީ

މުބާރާތުގެ ކިކް އޯފް ސެރެމޮނީ އޮންނާނީ މިއަދު ހަވީރު 3.30 ގައި އައްޑޫ ސްޓޭޑިއަމްގައެވެ. މި ރަސްމިއްޔާތް ފެށުން ޝަރަފްވެރިކޮށްދެއްވާނީ، މުބާރާތުގެ ޓައިޓްލް ސްޕޮންސާރ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އާއި އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރުއެވެ. މީގެ އިތުރުން އައްޑޫގެ ސަރުކާރު މުއައްސަސާތަކުގެ ވެރިންނާއި، ކަމުވޮށިގެންވާ ފަރާތްތަކަށް ދަޢުވަތު އެރުވިފައިވާކަމަށް މުބާރާތް ހިންގާ ފަރާތުން މަޢްލޫމާތު ދެއްވައެވެ.

ފުރަތަމަ މެޗު

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަރަދޫ އެފްސީ އާއި މައިލޯ ސިޓީ ސްޕޯޓްސް ކްލަބުންނެވެ. މިމެޗު ފެށޭނީ 4.15 ގައެވެ. މިމެޗުގައި މައިލޯ ޓީމަށް އަލީ އަޝްފާޤް (ދަގަނޑޭ) މީގެ ކުރިން ވެލެންސިއާ އަށް ވެސް ކުޅެފައިވާ ހާޒިމް ފައުޒީ ކުޅޭނެއެވެ.

މުބާރާތުގެ މެޗުތަކުގެ ތާވަލު

މިލިޔުމާއި ގުޅޭ:

ޓެގްސް: އެެމްއޭސީއެލް ފުޓުބޯޅަ އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.