ޖަރުމަންވިލާތުން ތަޢާރަފްކުރި ޖޯޒީ

ކުޅިވަރު

ފުޓުބޯޅަ: ޖަރުމަންގެ ޖޯޒީގައި ނާޒީ ނިޝާނެއް ރަމްޒުވުމުން ޖާޒީ ބަދަލުކުރަނީ

އަލީ އަޒްޔަން - ޔޫރަޕް | 2 އޭޕުރިލް 2024 , އަންގާރަ 18:57   625

ޖަރުމަނު ފުޓްބޯޅަ އެސޯސިއޭޝަން (ޑީއެފްބީ) އިން ހޯމަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ސާވޭއަކަށްފަހު “44” ނަންބަރު ޖަހާފައިވާ ޖޯޒީތައް ބަދަލުކުރަން ނިންމައިފިއެވެ. އެއީ މިހާރުގެ ޖޯޒީތަކގުައި ޝުޓްޒްސްޓަފަލް ނުވަތަ އެސްއެސް ލޯގޯއާ އެއްގޮތްކަން ފާހަގަ ކުރުމުންނެވެ.

އެކްސް އަށް ޝާއިއުކުރި ބަޔާނެއްގައި ޑީއެފްބީން ބުނީ މީގެ ކުރިން ޔޫރަޕްގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީ ޔޫއެފާއަށް ރިވިއު ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި "ޖާޒީ އުފެއްދުމުގެ މަރުހަލާގައި ނާޒީ ރަމްޒުތަކާ ގާތް ކަމެއް ނުފެންނަ ކަމަށެވެ." އެ ޖަމިއްޔާއިން ބުނީ އެ މައްސަލަ "ވަރަށް ސީރިއަސްކޮށް" ނަގަމުންދާ ކަމަށާއި އެ ޑިޖިޓަށް "އަލްޓަނޭޓިވް އެހެން ޑިޒައިންއެއް" ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

ޖަރުމަނުގެ ފިރިހެން ނުވަތަ އަންހެން ޓީމުތަކުން މިހާރު 44 ޖަހާފައިވާ ޖޯޒީތައް ބޭނުން ނުކުރާއިރު، ރަސްމީ ޔުނީފޯމް ސަޕްލައިކުރާ އެޑިޑާސް އިން ވަނީ ކަސްޓަމަރުންނަށް ޖާޒީތައް ޕާސަނަލައިޒް ކުރުމުގެ ހުއްދަ ދީފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެޑިޑާސްގެ އޮންލައިން ޝޮޕުން އުފެއްދި ތަސްވީރުތައް އޭގެ ފަހުން އޮންލައިންކޮށް ފުޅާދާއިރާއެއްގައި ހިއްސާކުރި އެވެ.

އަންގާރަ ދުވަހުގެ ނިޔަލަށް ޖަރުމަނު ޓީމުގެ ޖާޒީ ކަސްޓަމައިޒް ކުރުމުގެ އިޚްތިޔާރު އެޑިޑާސްގެ ވެބްސައިޓްތަކުން އުނިކޮށްފައިވީ ނަމަވެސް އެއީ އެހެން ގައުމުތަކުގެ ޖޯޒީތަކަށް ވެސް އެ ފުރުސަތު އޮތް ގޮތެވެ.

ޖަރުމަނުގެ އާ ޔުނީފޯމް، ފިރިހެން އަދި އަންހެން ޓީމުން ވެސް ލާނެ ޔުނީފޯމް ޑީއެފްބީން ދައްކާލީ މާޗް މަހުގެ ފަހުކޮޅު އެވެ. ފިރިހެން ޓީމުން މި ޖާޒީތައް ފުރަތަމަ ފަހަރަށް ދައްކާލީ ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކަމަށާއި، މި ޖާޒީ ލާން ހަމަޖެހިފައިވަނީ މި ހޫނު މޫސުމުގައި ޖަރުމަނުން ބާއްވާ 2024 ވަނަ އަހަރުގެ ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައެވެ.

މީގެ ދެ ހަފްތާއެއް ނުވަނީސް ޑީއެފްބީން އިއުލާން ކުރި ގޮތުގައި 2027 ވަނަ އަހަރުން ފެށިގެން ޖަރުމަނު ފުޓްބޯޅަ ޓީމުގެ ރަސްމީ ޓީޝާޓް ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި ނައިކް އެޑިޑާސްއާ ހަވާލުވާނެ އެވެ.

އެޑިޑާސް އިން މި ޖޯޒީތައް ޕާސަނަލައިޒް ކުރުން ހުއްޓުވަން ނިންމީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ އަދަދުތައް އެސްއެސްގެ ނިޝާންތަކާ ވައްތަރުކަން ފާހަގަ ކުރުމުންނެވެ.

އެސްއެސް އަކުރުހުންނަހެން އެ ލޯގޯ އުފެއް އެޑޮލްފް ހިޓްލަރު ކަމަށާއި، އެއީ ނާޒީ ޕާޓީގެ “ސިޔާސީ ސިފައިން” ގެ ގޮތުގައި ސިފަކޮށްފައިވާ ޖަމާއަތެކެވެ. އެއީ ގެސްޓަޕޯ ބެލެހެއްޓުން ހިމެނޭ ގޮތަށް ފުލުހުންނާއި ސަލާމަތީ އަދި އަސްކަރީ އެކިއެކި ދައުރުތައް އަދާކުރި ތަނެކެވެ. ނާޒީން ވެރިކަމަށް އައިއިރު، 300 އަށް ވުރެ ގިނަ މީހުންގެ ކުޑަ ޔުނިޓަކުން 50،000 އަށް ވުރެ ގިނަ މީހުންގެ ޖަމިއްޔާއަކަށް ބޮޑުވެފައިވެއެވެ. ފަހުން އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީން ހިންގި އެންމެ ނުބައި ބައެއް ޖަރީމާތަކާ ގުޅިފައިވާ ކަމެއް ކަމުގައި ވެގެން ދިޔައީ — އޭގެ ތެރޭގައި އޮޝްވިޓްޒް ފަދަ ކޮންސެންޓްރޭޝަން ކޭމްޕްތައް ހިންގުން ހިމެނެއެވެ.

ޓެގްސް: ފުޓުބޯޅަ ޖަރުމަން އަޑިޑަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.