ސައުސީ ޕްރޯ ލީގަށް ކުޅެމުންދާ، ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ

ކުޅިވަރު

ފުޓުބޯޅަ: ރޮނާލްޑޯގެ ހެޓްރިކާއިއެކު އަލްނަސްރުން އަބާގެ ގޯލް ފޫއަޅުވާލައިފި

އަލީ އަޒްޔަން - މެދުއިރުމަތި | 3 އޭޕުރިލް 2024 , ބުދަ 11:44   1035

ސައުސީ ޕްރޯ ލީގަށް ކުޅެމުންދާ، ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާއިއެކު އޭނާގެ އަލް ނަސްރު ޓީމުން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

އަންގާރަ ދުވަހު، ރޮނާލްޑޯގެ އަލްނަސްރު ޓީމުން އަބާ އާއި ދެކޮޅަށް ކުޅުނު މެޗް ނިމުނީ 8-0 ގެ ނަތީޖާއިން އަލްނަސްރު މޮޅުވެގެންނެވެ.

މިމެޗުގައި ރޯނާލްޑޯ ހެޓްރިކް ހެދީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ދެ ގޯލް ޖެހީ ފްރީކިކުން ލިބުނު ފުރުޞަތުގައެވެ. ފުރަތަމަ ގޯލް ޖެހީ 11 ވަނަ މިނެޓުގައެވެ. އޭގެ 10 މިނެޓު ފަހުން ދެވަނަ ގޯލް ޖަހާފައިވެއެވެ. ހެޓްރިކް ހެދި ގޯލް ޖަހާފައިވަނީ ފުރަތަމަ ހާފް ނިމެން ކުޑަތަންވެފައި ވަނިކޮށް އެއްލި ޗިޕް ބޯޅައަކުންނެވެ.

މިއީ ރޮނާލްޑޯ މެޗެއްގެ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި 7 ވަނަ ފަހަރެވެ.

ސައުދީ ޕްރޯ ލީގުގައި އޭނާ ވަނީ 29 ގޯލާއިއެކު އެންމެ ކުރީގައެވެ. އެކަމަކު އޭނާގެ ޓީމު އޮތީ ޗާޓުގެ ދެވަނައިގައި، އަލް ހިލާލްގެ ފަހަތުގެ، 12 ޕޮއިންޓްގެ ތަފާތަކާއިއެކުއެވެ.

ރޮނާލްޑޯއަށްފަހު ސައުދީ ލީގުގައި އެންމެ ގިނަ ގޯލް ޖަހާފައިވަނީ އަލް ހިލާލްގެ އެލެކްސަންދްރޯ މިޓްރޮވިޗްއެވެ. އޭނާ ވަނީ މި ސީޒަނުގައި 22 ގޯލްޖަހާފައިވީ ނަމަވެސް، އަނިޔާ އާއިހެދި އިތުރަށް ދެން މިސީޒަނުގައި ކުޅުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.

ޓެގްސް: ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓުބޯޅަ ސައުދީ ޕްރޮ ލީގު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.