ފަރަންސޭސި ކުޅުންތެރިޔާ ކިލިޔަން އެމްބާޕޭ

ކުޅިވަރު

ފުޓްބޯލް، ކޯޗު ލުއިސް އެންރީކޭ އަދިވެސް އުއްމީދު ކުރަނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރާނެކަމަށް

އަލީ އަޒްޔަން - ޔޫރަޕް | 31 މާރޗް 2024 , އާދީއްތަ 14:01   495

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ ކުރިއަށްއޮތް މޫސުމުގައި ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް ކިލިއަން އެމްބާޕޭ "ވިސްނުން ބަދަލުކޮށް" އެ ކްލަބުގައި ދެމިހުންނާނެކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށެވެ.

މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، މިދިޔަ ފެބްރުއަރީ މަހު އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމުން އަންނަ ސީޒަނުގައި މެޑްރިޑާ ގުޅެން ނިންމާފައެވެ.

އެކަމަކު މެޑްރިޑާއި އެމްބާޕޭގެ މަޝްވަރާތައް ކުރިއަށްދާއިރު، އެއްވެސް އެއްބަސްވުމެއް މިހާތަނަށް ނެތެވެ.

އާދީއްތަ ދުވަހު ވާދަވެރި މާސޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕްރައިމް ވީޑިއޯ ސްޕޯޓް ފްރާންސް އަށް ދިން އިންޓަވިއުއެއްގައި ލުއިސް އެންރީކޭ ބުނީ ފްރާންސްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޕެރިހުގައި މަޑުކުރުމުގެ ޚިޔާލު ދޫކޮށްލާފައި ނުވާ ކަމަށެވެ.

ލެ ކްލާސިކްގައި ކުޅުމުގެ އެންމެ ފަހު ފުރުސަތަކީ އެމްބާޕޭއަށް ވުމުން އޭނާގެ ފުރަތަމަ އެގާރައަށް ނުފޫޒު ފޯރުވާނެތޯ ސުވާލުކުރުމުން ލުއިސް އެންރީކޭ ބުނީ މިއީ އޭނާގެ ފަހު ޑާބީއަކަށް ވާނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން، އަހަރެން އަބަދުވެސް މިހުރީ ކިލިއަންގެ ވިސްނުން ބަދަލުވެދާނެ ކަމުގެ އުންމީދުގައި -- އޭނާ އެއްވެސް އެއްޗެއް ނުބުނޭ. އޭނާގެ ވިސްނުން ބަދަލުވެދާނެ."

"ހަޔާތުގައި ހުރިހާ ކަމެއް ވެސް ކުރެވޭނެ. އަހަރެންނަށް އެނގޭ ކަމަކީ ލެ ކްލާސިކްގެ މުހިންމުކަން އަހަރެމެންގެ ސަޕޯޓަރުންނަށް، ކްލަބަށް އަދި މި ތާރީހީ ވާދަވެރިކަމަށް،" ލުއިސް އެންރީކޭ ބުންޏެވެ.

މިލިޔުމާއިގުޅޭ:

ޓެގްސް: ޕީއެސްޖީ އެމްބާޕޭ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.