ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ހުންނަ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ސީއީއޯ ފައިސަލް ބަފަރާޓާއެކު ބެލަރޫސްގެ އަރީނާ ސަބަލެންކާ ޓްރޮފީއަކާ އެކު ފޮޓޯއަކަށް ހުއްޓިގެން

ކުޅިވަރު

ކުރިއަށް އޮތް ތިން އަހަރުވެސް އަންހެން ޓެނިސް ޑަބްލިއުޓީއޭ ބޭއްވާނީ ސައުދީ އަރަބިއްޔާގައި

ދާނިޝް - ދުނިޔެ | 7 އޭޕުރިލް 2024 , އާދީއްތަ 10:57   824

ސީޒަން ނިންމުމަށް ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) ފައިނަލްސް އޮންނާނީ 2024-2026 އަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ކަމަށް ޓެނިސް ޖަމިއްޔާއިން ބުނެފި އެވެ.

"މިވަރުގެ އަދި މިޕްރޮފައިލްގެ އަންހެން މުބާރާތެއް ބޭއްވުމަކީ ސައުދީ އަރަބިއްޔާގައި ޓެނިސް އަށް ވަރަށް ބޮޑު ކުރިއެރުމެއް. ހާއްސަކޮށް ޒުވާން އަންހެން ކުދިންނަށާއި އަންހެނުންނަށް.ކުޅިވަރުން ބޭރުން ހިތްވަރު ދިނުމުގެ ބާރު ޑަބްލިއުޓީއޭ ފައިނަލްސްގައި އެބަހުރި،" ސައުދީގެ ކުޅިވަރާ ބެހޭ ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް އަލް ސައުދު ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

ކުރިންވެސް މީޑިއާ ތަކުގައި މިފަދަ ވާހަކަތަކެއް ދެކެވިފައިވާ އިރު، މި މުބާރާތް ސައުދީ އަރަބިއްޔާއަށް ބަދަލުކުރެވިދާނެ ކަމުގެ އަޑުތައް ގަދަވީ ފިރިހެނުންގެ އޭޓީޕީ ޓުއާއިން 2023 އިން 2027 އަށް ޖިއްދާގައި ނެކްސްޓް ޖެން ފައިނަލްސް ބާއްވާނެ ކަމަށް މިދިޔަ އޮގަސްޓް މަހު ބުނުމާ ގުޅިގެންނެވެ.

"ޑަބްލިއުޓީއޭ އިން ރިޔާޒް ހޮވީ އެތައް މަހެއްވަންދެން ފުޅާ ދާއިރާއެއްގައި އިވެލުއޭޝަން މަރުހަލާއަކަށް ފަހު، އޭގެ ތެރޭގައި އެކި ސަރަޙައްދުތަކުން ގިނަ ބިޑްތައް އެސެސްކުރުމާއި ކުޅުންތެރިންނާ އެންގޭޖްވުން ހިމެނެއެވެ،" އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފާއިތުވި އަހަރުތަކުގައި ފުޓްބޯޅަ، ގޮލްފް އަދި ފޯމިއުލާ ވަން އޮޓޯ ރޭސިން ފަދަ ކުޅިވަރުތަކަށް ސައުދީ އަރަބިއްޔާއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާއިރު، ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސައުދީން ވަނީ އެ ގައުމުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑު ބޭނުންކޮށްގެން އިންސާނީ ހައްގުތަކުގެ ރެކޯޑް "ސްޕޯޓްސްވޮޝް" ކޮށްފަ އެވެ.

އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ތުހުމަތުތައް އެޤައުމުން ދޮގުކޮށް، އެޤައުމުގެ ޤާނޫނުތައް މެދުވެރިކޮށް ޤައުމީ ސަލާމަތާއި ރައްކާތެރިކަން ޙިމާޔަތްކުރާކަމަށް އެޤައުމުން ބުނެއެވެ.

ތިން އަހަރު ދުވަހުގެ އާ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ސީޒަން ނިމޭ ޗެމްޕިއަންޝިޕްގެ އިނާމު ފައިސާ ރެކޯޑް އަދަދަކަށް 15.25 މިލިއަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 70 ޕަސެންޓް އިތުރު އަދަދެކެވެ.

ޓެގްސް: ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.