މަރަދޫ އެފްސީ އާއި ބައްދަލުކުރި މެޗުގައި، މައިލޯ އެފްސީގެ ބައެއް ކުޅުންތެރިން، ޓީމުގެ ހަސަން ނަޒީމު ވަނީ މޮޅު ކުޅުމެއް ދައްކާފައި

ހަބަރު

އައްޑޫފުޓުބޯލް ޗެމްޕިއަންޝިޕް: ފުރަތަމަ މެޗު، މައިލޯ ސްޕޯޓްސް އަށް ފަސޭހަމޮޅެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 އޭޕުރިލް 2024 , އާދީއްތަ 12:15   647

އެމްއޭސީއެލް އައްޑޫފުޓުބޯލް ޗެމްޕިއަންޝިޕް ގައި ކުޅުނު ފުރަތަމަ މެޗުގައި މައިލޯ ސްޕޯޓްސް އާއި މަރަދޫ އެފްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު މައިލޯ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ހާފު ނިމުނުއިރު 4-0 އިން މައިލޯ އޮތީ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގައި 18 ވަނަ މިނެޓުގައި އެޓީމުގެ ހަސަން ނަޒީމް، މެޗުގެ ފުރަތަމަ ގޯލްޖެހިއެވެ. އަދި އޭގެ 6 މިނެޓު ފަހުން އަނެއްކާވެސް އޭނާ ވަނީ ގޯލެއް ޖަހާފައެވެ. 29 ވަނަ މިނެޓުގައި 3 ވަނަ ގޯލް ޖެހީ އަލީ ނާފިއު އެވެ. ހާފް ނިމެން އުޅެނިކޮށް ހަސަން ނަޒީމު މެޗުގެ ހަތަރު ވަނަ ގޯލް ކާމިޔާބުކުރިއެވެ.

ދެވަނަ ހާފުގައި ވެސް ހަސަން ނަޒީމު ވަނީ އިތުރު ތިން ގޯލުޖަހައި މެޗު ތެރެއިން ދެ ހެޓްރިކް ހަމަކޮށްފައެވެ. ނަޖާހު ވެސް އިތުރު ގޯލެއް ޖެހިއެވެ.

ދެވަނަ ހާފުގައި ގޯލްޖެހި އިތުރު ކުޅުންތެރިންނަކީ މުޙައްމަދު އިންޝާލް އާއި ޒަކީ މުޖްތަބާއެވެ.

މެޗު ނިމުނީ 10-1 ގެ ނަތީޖާއަކުން މައިލޯސިޓީ މޮޅުވެގެންނެވެ.

މެޗުގައި ދައްކާފައިވަނީ އެންމެ ރީނދޫކާޑެކެވެ. އެއީ ފުރަތަމަ ހާފުގެ ފަހު ގޯލާއި ކައިރިކޮށް އަލީ އަޖްފާންއަށެވެ.

މެޗުގެ މޭން އޮފްދަ މެޗްކަން ހޯދާފައިވަނީ މައިލޯސިޓީގެ ޖޯޒީ ނަމްބަރު 9، ހަސަން ނަޒީމް އެވެ.

ރެފްރީކަންކޮށްފައިވަނީ އިބްރާހިމް ތައުފީޤއެވެ. އެސިސްޓެންޓުންގެ ގޮތުގައި އަހުމަދު އާމިރު، އަބްދުއްﷲ މަސީޙް، އަދި އަހުމަދު މުފީދު ޙަރަކާތްތެރިވެފައިވެއެވެ.

ދެން މުބާރާތުގައި މެޗެއް އޮންނާނީ މިއަދު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ފޭދޫ ފާހި ސްޕޯޓްސް އާއި ޔުނައިޓެޓް މައިލޯއެވެ.

އެމްއޭސީއެލް އައްޑޫފުޓުބޯލް ޗެމްޕިއަންޝިޕް

މި މުބާރާތަކީ އައްޑޫގައި ފުޓުބޯޅަ ކުރިއަރުވައި އާލާކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން އިސްނަގައި ޚަރަދުކޮށްގެން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސާރ އަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. ކޯ ސްޕޮންސާރ އަކީ ސޯސަން ފިހާރައެވެ. ޕްރިންޓް ޕާޓްނަރަކީ ކޮންޓްރޯލް ޕީ އެވެ. މީޑިއާ ޕާޓްނަރަކީ އެކްސްޕްރެސް ނިއުސް އެވެ.

މި މުބާރާތައި ގުޅޭ އެންމެހައި މަޢްލޫމާތު footballmaldives.com މެދުވެރިކޮށް ކޮންމެ ވަޤުތަކުވެސް ލިބެން ހުންނާނެއެވެ. ފުޓްބޯލް މޯލްޑިވްސް އަކީ ޔުނިޓީ ފައުންޑޭޝަނުން މިފަދަ މުބާރާތްތަކަށް ޚާއްޞަކޮށްގެން ހަދާފައިވާ ޕޯޓަލްއެކެވެ.

މެޗުގައި ކުޅުމުގެ ތެރެއިން
މެޗުގެ ލައިންއަޕް
މެޗުތަކުގެ ތާވަލު

މިލިޔުމާއި ގުޅޭ

އެމްއޭސީއެލް އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މިއަދު އައްޑޫގައި ފެށެނީ، ކިކްއޯފް ސެރެމޮނީ ހަވީރު 3.30ގައި

ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީ އަދި އައްޑޫސިޓީ މޭޔަރ ބައިވެރިވެވަޑައިގަންނަވަނީ (ވީޑިއޯ)

އިތުރު ފޮޓޯތައް

ޓެގްސް: އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އައްޑޫ އެެމްއޭސީއެލް މައިލޯސިޓީ މަރަދޫ ސްޕޯޓްސް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.