ދާދި ދެންމެ ނިންމާލި ސައިކަލްބުރުގައި ހިތަދޫގެ ތިންކެންޑިޑޭޓުން ކުރީ ސަފުގައި

ހަބަރު

އައްޑޫ ސިޓީ/ހިތަދޫ: ތާރީހުގައި ބޭއްވި އެންމެ ބޮޑު ސައިކަލުބުރާއިއެކު ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަނުން ކެމްޕެއިން ނިންމާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 އޭޕުރިލް 2024 , ހޮނިހިރު 17:56   72

އައްޑޫ ސިޓީ/ހިތަދޫ: ތާރީހުގައި ބޭއްވި އެންމެ ބޮޑު ސައިކަލުބުރާއިއެކު ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަނުން ކެމްޕެއިން ނިންމާލައިފިއެވެ.

ހިތަދޫގެ ތިން ދާއިރާއިން އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ސައިކަލުބުރުގައި ތިން ކެނޑިޑޭޓުންނަށް އޮތް ސަޕޯޓާއި ތަރުހީބުވަނީ ދައްކާލާފައެވެ.

ބައެއް އޮންލައިން ނޫސްތަކުން ކުރި ސަރވޭތަކުންވެސް ހިތަދޫގެ ތިން ދާއިރާވެސް ޕީ.އެން.ސީގެ ކެނޑިޑޭޓުން ނަގާނެކަމަށް ވަނީ ލަފާކޮށްފައިވެއެވެ.

އެ ސާވޭތަކަށް ބަލާއިރު، ހިތަދޫ އުތުރު ދާއިރާއިން މުހައްމަދު ސިނާން (ސިނާ) ކަމިޔާބުކުރާނެ ކަމަށް ބެލެވޭއިރު، ހިތަދޫ މެދު ދާއިރާ އަހުމަދު އަޒާން ބޮޑު ތަފާތަކުން ނަގާނެކަމަށް ވަނީ ކަށަވަރުވެފައެވެ. އަދި ހިތަދޫ ދެކުނު ދާއިރާގެ ސާފު އަޤްލަބިއްޔަތު އަހުމަދު ސިޔާމަށް އޮތްކަމަށް ދައްކައެވެ.

ހިތަދޫގެ ތިން ގޮޑީގައިވެސް މިފަހަރު ތިބޭނީ ޕީ.އެން.ސީގެ ކެނޑިޑޭޓުންކަމަށް މި ސައިކަލު ބުރުގެ ބައިވެރިން ދިޔައީ އަޑު އުފުލަމުންނެވެ.

މާދަމާ ހެނދުނު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ ރައްޔިތުން ވީހާވެސް އަވަހަކަށް ނުކުމެ ވޯޓުލުމަށް ކެނޑިޑޭޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ވޯޓުލުން ފެށޭނީ ހެނދުނު 8.30 ގައެވެ. ނިންމާލާނީ ހަވީރު 5.30 ގައެވެ.

ހަވީރު ބޭއްވުނު ސައިކަލް ބުރުގެ ތެރެއިން
ހަވީރު ބޭއްވުނު ސައިކަލް ބުރުގެ ތެރެއިން
ޓެގްސް: އައްޑޫ މަޖިލީސް އިންތިޚާބު ޕީއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.