ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި ހުޅުވުނު ދޮރާއިއެކު ސަރުކާރުން ބޭނުންވާ ހުރިހައިކަމެއް މަޖިލީސްތެރެއިން ކުރުމުގެ މަގު ފަހިވެގެންދާނެ

ހަބަރު

66 ގޮނޑި އާޢިއެކު ސަރުކާރުން މަޖިލީހުގެ ސުޕަމެޖޯރިޓީ އަތުލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 އޭޕުރިލް 2024 , ހޯމަ 01:55   50

މިހާތަނަށް ހާމަވެފައިވާ ވަޤުތީ ނަތީޖާތަކަށް ބަލާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާގެ ތެރެއިން 66 ގޮނޑި އާޢިއެކު ސަރުކާރުން މަޖިލީހުގެ ސުޕަމެޖޯރިޓީ އަތުލައިފިއެވެ.

އެއީ ނިސްބަތުން ބަލާއިރު 70 އިންސައްތަ އަށްވުރެވެސް ބޮޑު ޢަދަދެކެވެ. ނުވަތަ 4 ބައިކުޅަ 3 ބައެވެ.

އިންތިޚާބުގެ ނަތީޖާތައް

  • 68 ޕީއެންސީ
  • 13 އެމްޑީޕީ
  • 12 މިނިވަން
  • 02 އެމްޑީއޭ
  • 01 ޖުމްހޫރީ
  • 01 އެމްއެންޕީ
  • 00 ޑިމޮކްރެޓްސް
  • 00 ޕީއެންއެފް

މާލެ/ ކާފު އަތޯޅު

ޖުމްލަ 20 ގޮނޑީގެ ތެރެއިން ޕީޕީއެމް/ޕީއެންސީން ވަނީ 15 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީ އަށް ލިބުނީ 3 ގޮނޑިއެވެ. އަމިއްލަ 2 ކެންޑިޑޭޓުން ވެސް ގޮނޑި ކާމިޔާބުކޮށްފައިވެއެވެ.

ފުވައްމުލައް

ތިން ގޮނޑިވެސް ގެންދިޔައީ ސަރުކާރުންނެވެ.

އައްޑޫ

8 ގޮނޑީގެ ތެރެއިން 5 ގޮނޑި ލިބުނީ ސަރުކާރަށެވެ. އެމްޑީޕީ އަށް ލިބުނީ 2 ގޮނޑިއެވެ. އަދި މިނިވަން ކެންޑިޑޭޓަކަށް ގޮނޑިއެއް ލިބިފައިވެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް އިންތިޚާބު ޕީއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.