ރައްޔިތުންގެ މަޖިލީސް

ހަބަރު

ރައީސްގެ ތާޢީދު އޮތް 74 މެމްބަރުން! ހުވާކުރުން މޭއި 29ގައި، ފަހު ޖަލްސާ 13ގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 އޭޕުރިލް 2024 , އަންގާރަ 11:45   465

އަލަށް އިންތިޚާބުވާ މެމްބަރުންގެ ހުވާކުރުން ކުރިއަށް އޮތް މޭއި މަހުގެ 29ގައި އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މިކަން އިޢްލާންކުރައްވާފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އާ މެމްބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.

ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މޭއި މަހުގެ 13 ވަނަދުވަހުއެވެ. މަޖިލީހުގެ ދައުރު ހަމަވާނީ މޭއި މަހުގެ 15 ވަނަދުވަހުއެވެ.

އާދީއްތަދުވަހު ބޭއްވުނު އިންތިޚާބުގައި ސަރުކާރުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އިދިކޮޅު އެމްޑީޕީއަށް އެންމެ 13 ގޮނޑި ލިބުނުއިރު، ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތާޢީދާއިއެކު ހޮވިވަޑައިގެންނެވި 74 މެމްބަރުން އެބަތިއްބެވެ. އޭގެތެރޭގައި ޕީއެންސީ ކޯލީޝަނަށް ނިސްބަތްވާ 66 މެމްބަރަކު ހިމެނެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީ އާއި، ރައީސް ޔާމީންގެ ޕީއެންއެފް ޕާޓީއަށް ގޮނޑިއެއް ލިބިފައިނުވެއެވެ.

ސަރުކާރަށް މިލިބުނު ކާމިޔާބާއިއެކު، ސަރުކާރުން ބޭނުންވާ ހުރިހައިގޮތަކަށް ޤައުމުގެ ކަންކަން ގެންދިއުމުގެ މަގުފަހިވާނެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.