އެޑްމިރަލް ޖެރޮމީ ވިލިއަމް އެމްއެންޑީއެފް އާއި ބައްދަލުކުރައްވަނީ

ހަބަރު

އެމެރިކާގެ ޕެސިފިކް ސަރަޙައްދުގެ ޚާއްޞަކޮމާންޑްގެ ވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 އޭޕުރިލް 2024 , ހޮނިހިރު 10:49   429

އެމެރިކާއިން ޕެސިފިކް ސަރަޙައްދުގައި ހިންގާ ސްޕެޝަލް އޮފަރޭޝަންސް ކޮމާންޑްގެ ވެރިޔާ ރިއާ އެޑްމިރަލް ޖެރޮމީ ވިލިއަމް ރާއްޖެ ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ރިއާ ވަނީ ރާއްޖޭގެ ދިފާޢީ ބާރުގެ އިސް ވެރިންނާއި ބައްދަލުކުރައްވާފަ އެވެ. މި ޒިޔާރަތާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ، އެމެރިކާގެ ނޭވީ އަދި އެމްއެންޑީއެފްއާ ދެމެދު އޮންނަ ގުޅުން ބަދެހި ކުރުމަށް އެކި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ދެ ފަރާތުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެޑްމިރަލްގެ މަގާމު ލިބިވަޑައިވަތީ ޖުލައި 19، 2022 ގަ އެވެ.

އޭގެ ކުރިން އެޑްމިރަލް ޖެރޮމީ އަދާކުރެއްވީ ޖޮއިންޓް ސްޓާފް ޖޭ-3 ޑެޕިއުޓީ ޑިރެކްޓާ ފޯ ސްޕެޝަލް އޮޕަރޭޝަންސް އެންޑް ކައުންޓާޓެރަރިޒަމްގެ މަގާމެވެ.

އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ވެސް ވަނީ މިދިޔަ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރައްވައި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުފުޅު ކުރައްވާފަ އެވެ.

ރާއްޖޭގެ ސަރަހައްދުތަކުގައި އަމަން ބެލެހެއްޓުމާއެކު ސިޔާދަތު ދަމަހައްޓަން އެމެރިކާއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން ދިނުމާއެކު، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަ ކުރުމަށް އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޒިޔާރަތުގައި ނިންމާފައިވެއެވެ.

ޓެގްސް: އެންއެންޑީއެފް އެމެރިކާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.