އަގުގެ ހަނގުރާމައެއްގަި އޮތް އީވީ މާކެޓްގައި ބީވައިޑީ އަށް އަންނަނީ ބޮޑު އަސަރެއްކުރަމުން

ވިޔަފާރި

ވާޑަވެރިކަންބޮޑުވެ ޓެސްލާގެ ވާދަވެރިޔާ ބީވައިޑީގެ ވިޔަފާރި ދަށްވެ ފައިދާވެސް ދަށަށް

އަލީ އަޒްޔަން - ދުނިޔެ | 30 އޭޕުރިލް 2024 , އަންގާރަ 10:55   572

ޗައިނާގެ ކާރު ޖަޔަންޓް ބީވައިޑީއަށް ފައިދާ ދަށްވެފައިވަނީ އިލެކްޓްރިކް ވެހިކަލް (އީވީ) އަށް ޑިމާންޑް ދަށްވުމާއި ދުނިޔޭގެ އެންމެ ބޮޑު ކާރު މާކެޓުގައި އަގު ހަނގުރާމައެއް ހިނގަމުންދާތީ އެވެ.

އެ ކުންފުނިން ބުނީ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 630 މިލިއަން ޑޮލަރު (502 މިލިއަން ޕައުންޑް) ގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި އެއީ އޭގެ ކުރީ ކުއާޓަރަށް ވުރެ %47 އަށް ވުރެ ދަށް އަދަދެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އީވީ ކާރު ވިއްކާ ކުންފުންޏަކަށް ވުމަށް ބީއައިޑީން އަންނަނީ އެލޮން މާސްކްގެ ޓެސްލާއާ ވާދަކުރަމުންނެވެ. އެމެރިކާގެ ޖަޔަންޓް މި މަހުގެ ކުރީކޮޅު އަލުން ކުރި ހޯދީ މިދިޔަ އަހަރު ނިމުނުއިރު ޗައިނާގެ ވާދަވެރިޔާ އަތުން ފަހަތަށް ޖެހުމުންނެވެ.

ބީއައިޑީން ބުނާ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބެޓެރީ އެކަނި ބޭނުންކުރާ 300،000 އަށް ވުރެ މަދު ކާރު ވިއްކާފައިވާއިރު، 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރެކޯޑް އަދަދަކަށް 526،000 ކާރު ވިއްކާފައިވާކަމަށެވެ.

ޝެންޒެންގައި ހުންނަ އެ ކުންފުނީގެ އެންމެ ފަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން އުފެއްދުމާއި ވިއްކުމަށް ބުރޫއެރުމަށް ފަހު ފުރަތަމަ ކުއާޓަރުގެ އާމްދަނީ ދަށްވި ޓެސްލާއަށް ވުރެ ރަނގަޅު ނަތީޖާތަކެއް ނެރެފާނެ އެވެ.

އިގްތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ދަނޑިވަޅެއްގައި މާކެޓް ހިއްސާ ހޯދުމަށް ވާދަކުރާތީ، ޗައިނާގައި ބީވައިޑީ އާއި ވާދަވެރި ކުންފުނިތަކުން ވަނީ އަގު ހަނގުރާމައެއްގައި ބައިވެރިވެފަ އެވެ.

ޗައިނާގައި ޑިމާންޑް މަޑުޖެހުމުގެ އަސަރު ކުޑަކުރުމަށްޓަކައި ބީއައިޑީން ވެސް ދަނީ އާ މާކެޓްތަކަށް ފުޅާވާން މަސައްކަތް ކުރަމުންނެވެ.

އީވީ އުފައްދާ ކުންފުނިން 2023 ވަނަ އަހަރު 240،000 ކާރު އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަރަށް ބޮޑަށް އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހަފްތާގައި އާންމު ރައްޔިތުންނަށް ހުޅުވާލި ބެއިޖިން އޮޓޯ ޝޯގައި ބީއައިޑީން އަންނަނީ އެންމެ ފަހުގެ ލަގްޒަރީ ވެހިކަލްތައް ދައްކާލަމުންނެވެ.

ޓެގްސް: އިލެކްޓްރިކް ކާރު ޓެސްލާ ޗައިނާ ކާރު އިންޑަސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.