ބާނާޑް އާނޯލްޓް (75)، މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނު، މިލްކިއްޔާތުގައި...

ވިޔަފާރި

ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުން: ލިސްޓުގައި މިފަހަރު ޓެއިލާ ސްވިފްޓް ވެސް ހިމެނިއްޖެ، އީލާން މަސްކު ވަނީ ދެވަނައަށް ވެއްޓިފައި

އަލީ އަޒްޔަން - ދުނިޔެ | 4 އޭޕުރިލް 2024 , ބުރާސްފަތި 01:25   682

ދުނިޔޭގެ އެންމެ ފަޚުރުވެރި މުއްސަނދި ބިލިއަނަރުންގެ ލިސްޓު ކޮންމެ އަހަރަކުވެސް ނެރޭ ފޯބްސް މަޖައްލާއިން މިއަހަރުގެ ލިސްޓު ނެރެފައިވާއިރު، މިފަހަރުގެ ލިސްޓުގައި ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ވެސް ހިމެނިފައިވެއެވެ. އަދި މީކުރިން ލިސްޓުގެ އެއްވަނައިގައި އޮތް ސްޕޭސް-އެކްސް އަދި އެކްސް ކުންފުނީގެ ވެރިޔާ އީލާން މަސްކު ވަނީ ލސްޓުގެ ދެވަނައަށް ވެއްޓިފައިއެވެ.

މިފަދަހަރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ފެޝަން ޑިޒައިނަރ ޕްރޮޑަކްޓްތައް ވިއްކާ ކުންފުނީގެ ވެރިޔާ ބާނާށް އާނޯލްޓްއެވެ. ޢުމުރުން 75 އަހަރުގެ އާނޯލްޓްގެ މިލްކިއްޔާތުގެ އަގު 233 ބިލިއަން ޑޮލަރަށް އަރައެވެ. އަދި އޭނާގެ އެލްވީއެމްއެޗް ކުންފުނިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި 75 ބްރޭންޑްގެ ކޮސްމެޓިކްސް އަދި ފެޝަން ބްރޭންޑްތައް އަންނަނީ ވިއްކަމުންނެވެ.

ލިސްޓުގެ ދެވަނައިގައި އީލާން މަސްކު (52އ) އޮތީ 195 ބިލިއަން ޑޮލަރާއިއެކުއެވެ. އަދި ތިން ވަނައިގައި އޮތީ އެމޭޒަން ކުންފުނީގެ ވެރިޔާ ޖެފްބެޒޯސް އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު ހުރީ 194 ބިލިއަން ޑޮލަރުގައެވެ. ލިސްޓުގެ ހަތަރުވަނައިގައި އޮތް ފޭސްބުކްގެ ވެރިޔާގެ މިލްކިއްޔާތަކީ 177 ބިލިއަން ޑޮލަރެވެ.

އިންޑިއާގެ އެންމެ އެންމެ މުއްސަނދި މަހުޖަނު، މުކޭޝް އަމްބާނީ އޮތީ 116 ބިލިއަން ޑޮލަރާއިއެކު ލިސްޓުގެ 9 ވަނައިގައެވެ.

މިފަހަރުގެ ފޯބްސް ބިލިއަނަރުންގެ ލިސްޓުގައި ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ވެސް 1.1 ބިލިއަން ޑޮލަރާއިއެކު ލިސްޓަށް އަރާފައިވެއެވެ.

2024 ވަނަ އަހަރުގެ އެންމެ މުއްސަދި މަހުޖަނުންގެ ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2،781 ބިލިއަނަރުން ހިމަނާފައިވެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 141 މީހުން އިތުރުކޮށެވެ. ހުރިހާ އެންމެންގެ ޖުމްލަ މިލްކިއްޔާތު އެއްކޮށްލުމުން 14.2 ޓްރިލިއަން ޑޮލަރަށް އަރައެވެ.

އެންމެ މުއްސަނދި މަހުޖަނުންގެ މިލްކިއްޔާތަށް މިއަހަރުތެރޭ އައިސްފައިވާ ބަދަލުތައް
ޓެގްސް: ދުނިޔޭގެ އެންމެ މުއްސަނދި މީހުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.