"އަމަމީ" ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ރާއްޖޭގެ ހޮޓެލް އިންޑަސްޓްރީގައި ވެސް މަޤްބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓްތަކެއް

ވިޔަފާރި

ރަންޔަން އިންޑަސްޓްރީސް : ސްރީލަންކާގެ އެންމެ ފުރަތަމަ އަދި އެންމެ މަޤްބޫލު ހޮޓެލް ޕްރޮޑަކްސް ސަޕްލަޔަރ

އަލީ އަޒްޔަން - ލަންކާ | 19 ފެބުރުއަރީ 2024 , ހޯމަ 11:09   644

"އަމަމީ" ބްރޭންޑަކީ ސްރީލަންކާގެ ރަޔަން އިންޑަސްޓްރީސްގެ ފަރާތުން ހިންގާ، އެޤައުމުގެ އެންމެ މަޤްބޫލު ހޮޓެލް ސާވިސް ޕްރޮވައިޑަރ އެވެ.

ރަންޔަން އިންޑަސްޓްރީސް އަށް ދާދި ފަހުން "ލަންކާ ބިޒްނެސް އެވޯޑްސް" ގެ ފަރާތުން ވަނީ "ބެސްޓް ހޮޓެލް ސާވިސް ޕްރޮވައިޑާރ" ގެ އެވޯޑް ވެސް އަރުވާފައެވެ. މި އެވޯޑަކީ ބިޒްނެސް ވޯލްޑް އިންޓަނޭޝަންލް (ބީޑަބްލިއުއައިއޯ) ގެ ފަރާތުން އިންތިޒާމުކުރާ އެވޯޑެވެ. ބޮޑު ރަސްމިއްޔާތަކާއިއެކު ކޮލަމްބޯގައި ހުންނަ ތާޖް ސަމޫދްރާ ހޮޓެލް ގައި ބޭއްވުނު ޙަފްލާގައި މި އެވޯޑާއި ޙަވާލުވެފައިވަނީ އެކުންފުނީގެ ވެރިޔާ އަދި ބޯޑް ޑިރެކްޓަރ ރަނިލް ޑި ސިލްވާއެވެ.

ރަޔަން އިންޑަސްޓްރީސް ގެ ދަށުން ހިންގާ އަމަމީ ބްރޭންޑް އަކީ ހޮޓެލް އިންޑަސްޓްރީއަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއް އެއް ކުޑައެއްގެ ދަށުން ލިބޭގޮތަށް އުފެއްދި ލަންކާގެ ފުރަތަމަ މިފަދަ ކުންފުންޏެވެ.

އެކުންފުނިން އުފައްދަމުން އަންނަ ތަކެތީގެ ތެރޭގައި، ހޮޓެލްތަކުގެ ކޮޓަރިތަކުގައި އާއި ފާޚާނާތަކުގައި ބެހެއްޓޭ ކޮސްމެޓިކްސް ޕެކްތަކާއި، އަދި ހޮޓެލްތަކުގެ ސުފުރާތަކުގައި ބޭނުންކުރާ ތެކެއްޗާއި ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ވެސް އަޔުވޭދިކް އަދި ޤުދްރަތީ ހާބަލް މާއްދާތައް ހިމަނައިގެން އުފައްދަމުން އަންނަ އެއަރ ފްރެޝްނަރ، ޝޭމްޕޫ، ޝަވަރޖެލް، ޓޫތް ޕޭސްޓް، ގްލައިސެރިން ސައިބޯނި، ފްރެގްރެންސް ބާ، އަދި ހުރިހާ ވައްތަރެއްގެ ދޮންނަން ބޭނުންކުރާ ސާމާނާއި ސާފުކުރަން ބޭނުންވާ ސާމާނު ހިމެނެއެވެ.

ތަފާތު އެކި ގޮންޖެހުންތަކާއި އެކު ވެސް އެކުންފުނިން ވަނީ ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. އެކުންފުނީގެ އުފެއްދުންތަކުގައި ބޭނުންކުރާ ޤުދްރަތީ މާއްދާތަކުގެ ސަބަބުންނާއި، ލަންކާގައި ހައްދާ މެޓީރިއަލްތައް ބޭނުންކުރާތީ، ޓޫރިޒަމް ސިނާޢަތުގެ ކުންފުނިތަކުގެ މެދު ބޮޑު މަޤްބޫލުކަމެއް އުފެދިފައިވެއެވެ. ކަޑަވައްތަގައި ހަދާފައިވާ އެކުންފުނީގެ ފެކްޓްރީގައި 60 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.

ރަންޔަންއިންޑަސްޓްރީސްގެ އެކްސްކްލޫސިވް ކަސްޓަމަރުންގެ ތެރޭގައި އާދައިގެ ގެސްޓްހައުސްތަކާއި ހޮޓާތަކުން ފެށިގެން، ޖެޓްއިންގ، ރަމާޑާ، ގޯލް ފޭސް އަދި އަނަންތަޔާ ފަދަ ގިނަ ބުޓީކް ވިލާތައް ހިމެނެއެވެ.

"އަމަމީ ޓީމުގެ ފަރާތުން، އަޅުގަނޑުމެން ވަރަށް ވެސް އުފާކުރަން އަޅުގަނޑުމެންނަށް ލިބުނު އެވޯޑާއިމެދު. މިއީ ގަދަ ހިތްވަރުލައި، ބުރަ މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެކަމުގެ ދަލީލެއް. އަޅުގަނޑުގެ ވިޔަފާރި ހަޔާތް މިހާ ހިސާބަށް އައީ އަޑި ގުޑަންތަކާއިއެކު. 3 ދަހަރަ [ޑިކޭޑް] ވެއްޖެ އަޅުގަނޑުމެން މިމަސައްކަތުގައި އުޅޭތާ. ލަންކާގެ އިތުރުން ޤައުމުން ބޭރުގައި ވެސް ވަނީ ބޮޑު މަޤްބޫލުކަމެއް ހޯދިފައި. އަޅުގަނޑުމެން މިވަނީ އެސްއެލްއެސް، އައިއެސްއޯ، އަދި ޖީއެމްޕީ ގެ ސެޓްފިކެޓްތައް ވެސް ހޯދާފައި. އަޅުގަނޑުގެ ދެ ދަރިން މިހާރު މިހާރު ވިޔަފާރި ހިންގަނީ ވެސް. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި ރޭވޯ މާކެޓިންގ އަށް. އަޅުގަނޑުމެން މިހާ ހިސާބަށް ގެނެސްދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެފައިވާ ފަރާތެއް އެއީ" ކުންފުނީގެ ބާނީ ރަނިލް ބުނެފައިވެއެވެ.

ކުންފުނީގެ ބައެއް ޕްރޮޑަކްޓްތައް
ރަނިލް ޑި ސިލްވާ

ރަންޔަން އިންޑަސްޓްރީސް އާއި ގުޅުއްވުމަށް 94777576639+

ޓެގްސް: އެޑްވަޓޯރިއަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.