އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރޫތު ސޯޝަލް އިފްތިތާހު ކުރެއްވީ 2022 ވަނަ އަހަރު

ވިޔަފާރި

ވޯލް ސްޓްރީޓަށް ތައާރަފުވި ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ކުންފުނީގެ ހިއްސާގެ އަގު އުފުލިއްޖެ

ދާނިޝް - އެމެރިކާ | 31 މާރޗް 2024 , އާދީއްތަ 12:20   220

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ކުންފުނީގެ ޝެއާސް ވޯލް ސްޓްރީޓްގައި ވިޔަފާރީގެ ފުރަތަމަ ދުވަހު، ހިއްސާގެ އަގު 59 ޕަސެންޓް އުފުލި، ޓްރަމްޕަށް ލިބޭނެ ކަމަށް ބެލެވޭ ވިންޑްފޯލް އިތުރުވެއްޖެ އެވެ.

ޓްރަމްޕް މީޑިއާ ޓެކްނޮލޮޖީ ގްރޫޕްގެ ހިއްސާއަކަށް އަންގާރަ ދުވަހު 79.38 ޑޮލަރަށް އަރާފައިވާއިރު، 16 އިންސައްތަ އިގެ ކުރިއެރުމަކާއެކު 57.99 ޑޮލަރަށް ބަންދުވެ، ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރަށް މިވަނީ އަރައިފައެވެ.

2023 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު 10.6 މިލިއަން ޑޮލަރުގެ އޮޕަރޭޓިން ގެއްލުމެއް ލިބުނު ނަމަވެސް ޓްރަމްޕް މީޑިއާގެ ބާޒާރަށް ނުކުތީ ޝެލް ކުންފުންޏެއް ކަމަށްވާ ޑިޖިޓަލް ވޯލްޑް އެކިއުޒިޝަންއާ އެއްކޮށް ނިމުނުތާ އެއް ދުވަސް ފަހުންނެވެ.

އެމެރިކާގެ ކެޕިޓަލް ގައި ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ހިނގި ބަޣާވާތާ ގުޅިގެން ޓްރަމްޕް ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލް އިފްތިތާހު ކުރެއްވީ ފޭސްބުކް އަދި ޓްވިޓާ ފަދަ މެއިންސްޓްރީމް ޕްލެޓްފޯމްތަކުން ޓްރަމްޕް ވައްޓާލުމާ ގުޅިގެންނެވެ.

ޓްރަމްޕްގެ އަތުގައި އެ ކުންފުނީގެ ގާތްގަނޑަކަށް 60 ޕަސެންޓް މިލްކުވެރިކަމުގެ ހިއްސާ އޮންނަ އިރު، މިހާރު އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 4.6 ބިލިއަން ޑޮލަރެވެ.

ނޮވެމްބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އަލުން އިންތިހާބަށް ކުރިމަތިލައްވަމުން ގެންދަވަނިކޮށް ޖިނާއީ ހަތަރު ޝަރީއަތަކާ ކުރިމަތިލައްވަމުން ގެންދަވާ ޓްރަމްޕަށް ވަނީ ކެމްޕޭނަށް ފައިސާ ހޯދުމަށާއި ގާނޫނީ ޚަރަދުތައް ބޮޑުކުރަން ދަތިތަކެއް ކުރިމަތިވެފަ އެވެ.

ޓްރަމްޕްގެ މުދަލުގެ އަގު ހުރި ކަމަށް ބުނެ އެތައް އަހަރެއް ވަންދެން ޓްރަމްޕާއި އޭނާގެ ފިރިހެން ދަރިންނާއި އެމީހުންގެ އާއިލީ ވިޔަފާރީގެ މުއާމަލާތްތައް ދޮގު ހަދާފައިވާ ކަމަށް ނިއުޔޯކްގެ ކޯޓަކުން ނިންމުމާ ގުޅިގެން ޓްރަމްޕަށް މިހާރު ވަނީ ބޮންޑުގެ ބޮޑު ފައިސާއެއް ދައްކަން ޖެހިފަ އެވެ.

ނިއުޔޯކްގެ އިސްތިއުނާފް ކޯޓަކުން ޓްރަމްޕް ދައްކަން ޖެހޭ 454 މިލިއަން ޑޮލަރުގެ ބޮންޑް ޕޭމަންޓް 175 މިލިއަން ޑޮލަރަށް ކުޑަކޮށް، ދައްކަން އިތުރު 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ޓްރަމްޕް ވަނީ އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ޑޮނަލްޑް ޓްރަމްޕް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.