ޕްލޭސްޓޭޝަން

ވިޔަފާރި

ޕްލޭސްޓޭޝަން އިން 900 މީހުން ވަޒީފާއިން ވަކިކޮށް ލަންޑަން ސްޓޫޑިއޯ ބަންދު ކުރަން ނިންމައިފި

އަލީ އަޒްޔަން - ޔޫރަޕް | 28 ފެބުރުއަރީ 2024 , ބުދަ 08:50   555

ޕްލޭސްޓޭޝަން އިން 900 މީހުން ވަޒީފާއިން ވަކިކޮށް ލަންޑަން ސްޓޫޑިއޯ ބަންދު ކުރަން ނިންމައިފިއެވެ.

ސޮނީން ވަނީ ދުނިޔޭގެ އެކިކަންކޮޅުަކުން ޕްލޭސްޓޭޝަންގެ %8 މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އިއުލާންކޮށްފައެވެ. މިގޮތުން ގާތްގަނޑަކަށް 900 މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގޭމިން ޖަޔަންޓް ކުންފުނިން ބުނީ މީގެ މާނައަކީ ޕްލޭސްޓޭޝަންގެ ލަންޑަން ސްޓޫޑިއޯ މުޅިން އެކީ ބަންދުވާނެ ކަމަށެވެ.

މުވައްޒަފުންނަށް ފޮނުވި އީމެއިލްއެއް ހިއްސާކުރި ބްލޮގް ޕޯސްޓެއްގައި ބޮސް ޖިމް ރަޔަން ވަނީ މި ފިޔަވަޅަކީ "ހިތާމަ ޚަބަރެއް" ކަމަށް ވިދާޅުވެ، މިއީ "އަހަރެމެންގެ ކުންފުނީގައި އުނދަގޫ ދުވަހެއް" ކަމަށް ވިދާޅުވެފަ އެވެ.

އަދި ހަރުކަށި ނިންމުންތައް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ނިންމާފައި މިވަނީ، އޭނާ ވިދާޅުވި އެވެ.

މި ނިންމުން ނިންމާފައިވަނީ ވާދަވެރި މައިކްރޮސޮފްޓުން އެ ކުންފުނީގެ ގޭމިން ޑިވިޝަންގެ 1،900 މީހުން ވަޒީފާއިން ވަކިކުރަން ރާވާފައިވާކަން ހާމަކުރިތާ މަހެއްހާ ދުވަސް ފަހުން ނެވެ. އޭގެ ތެރޭގައި ދާދި ފަހުން ގަތް އެކްޓިވިޝަން-ބްލިޒާޑްގެ މީހުން ވެސް ހިމެނެއެވެ.

ޓެގްސް: ބޮޑެތި ނަންތައް ދުނިޔޭގެ ބޮޑެތި ކުންފުނިތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.