އައިބީއެމް ކުންފުނިން އޭޑަބްލިއުއެސް އާއި ވާދަކުރުމަށް 92 ޤައުމަކަށް ޚިދުމަތް ފުޅާކޮށްފި

ޓެކްނޯލޮޖީ

އައިބީއެމް ކުންފުނި، އިންޑިއާ ހިމެނޭގޮތަށް އޭޑަބްލިއުއެސް އާއި ވާދަކުރުމަށް 92 ޤައުމަކަށް ޚިދުމަތް ފުޅާކޮށްފި

އަލީ އަޒްޔަން - ދުނިޔެ | 5 މެއި 2024 , އާދީއްތަ 21:18   486

އައިބީއެމް އިން ސޮފްޓްވެއާ ޕޯޓްފޯލިއޯ ފުޅާކޮށް، އޭޑަބްލިއުއެސް (އެމެޒޯން ވެބް ސާވިސަސް) މާކެޓްޕްލޭސް މެދުވެރިކޮށް 92 ގައުމެއްގައި ސޮފްޓްވެއާ ކިދުމަތްތައް ލިބޭނެ ގޮތް ހަދައިފި އެވެ.

އޭޑަބްލިއުއެސް އާއި ވާދަކުރުމަށް އައިބީއެމް އިން އުފައްދާފައިވާ ޕްލެޓްފޯމަކީ އޯއެސް މާކެޓް ޕްލޭސްއެވެ.

އައިބީއެމް އިން ޚިދުމަތްތައް ފުޅާކޮށްފައިމިވަނީ އަވަށްޓެރި އިންޑިއާ ވެސް ހިމެނޭގޮތަށެވެ. މަޤްޞަދެއްގެ ގޮތުގައި އެކުންފުނިން ބުނެފައިވަނީ ޚިދުމަތާއި ތަކެތި ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނޭ މަގު ތަނަވަސްކުރުން ކަމަށެވެ.

އައިބީއެމް އިން މި ފިޔަވަޅު އަޅާފައިވަނީ ސޮފްޓްވެއާ އެސް އެ ސާވިސް (ސާސް) ސޮފްޓްވެއާ މާކެޓް ކުރުމަށް އެންމެ އަވަހަށް ކުރިއަރަމުން އަންނަ މަގުގެ ގޮތުގައި ކްލައުޑް މާކެޓްޕްލޭސްތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް ކްލައުޑް މާކެޓް 45 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ފަސް އަހަރު ދުވަހުގެ ތެރޭގައި 84 ޕަސެންޓް ކޮމްޕައުންޑް އަހަރީ ކުރިއެރުން ދައްކަ އެވެ.

އޯއެސް މާކެޓްޕްލޭސް ފަދަ ކްލައުޑް މާކެޓްޕްލޭސްތަކުގެ ސަބަބުން ގަތުމުގެ ސައިކަލްތައް ކުރުވުމާއި، ކޮންސޮލިޑޭޓެޑް ބިލިންގ އާއި، ސޮފްޓްވެއާ ޑިޕްލޮއިމަންޓްތަކުގެ ހަލުވި ސްކޭލަބިލިޓީ ފަސޭހަވެގެންދެއެވެ.

ޓެގްސް: އައިބީއެމް ކްލައުޑް ކޮމްޕިއުޓިންގ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.