އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ފުރުސަތު ބޮޑު

ޓެކްނޯލޮޖީ

އެމެރިކާ: ޓިކްޓޮކް ވިއްކާލަން މަޖުބޫރުކުރާ ބިލާއިއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން "ނިގުޅައިގަނެވޭނެ" ކަމަށް ޓިކްޓޮކުން ބުނެފި

ދާނިޝް - އެމެރިކާ | 23 އޭޕުރިލް 2024 , އަންގާރަ 11:50   433

އެމެރިކާގައި ވީޑިއޯ ޝެއާކުރާ އެންމެ ބޮޑު އެޕްލިކޭޝަން ޗައިނާގެ ވެރިފަރާތާ ވަކިނުވެއްޖެނަމަ އެކަން މަނާކުރާ ބިލަށް ޓިކްޓޮކުން ފާޑުކިޔައިފި އެވެ.

"އެމެރިކާގެ 170 މިލިއަން މީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނާނެ ގޮތަށް މަނާ ބިލެއް ގެނައުމަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ބޭރުގެ މުހިންމު އަދި އިންސާނީ އެހީގެ ކަވަރު ބޭނުން ކުރުމަކީ ހިތާމަހުރި ކަމެއް،" ޓިކްޓޮކް އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޓިކްޓޮކުން މިހެން ބުނެފައި މިވަނީ ހޮނިހިރު ދުވަހު އެމެރިކާގެ ހައުސްއިން 360-58 ބައިޕާޓިޝަން ވޯޓަކުން އެ ބިލް ފާސްކޮށް، ސެނެޓަށް ފޮނުވުމާ ގުޅިގެންނެވެ.

ޔޫކްރެއިން، އިސްރާއީލް އަދި ޓައިވާނަށް އެހީ ފޯރުކޮށްދޭ ފުޅާ ޕެކޭޖެއްގައި ހިމަނާފައިވާ މި ގާނޫނު އޭނާގެ މޭޒު ކުރިމައްޗަށް އައިސްފިނަމަ ސޮއި ކުރައްވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ދެއްވާފައެވެ.

މި ގާނޫނުގެ ދަށުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސަށް އެ އެޕްލިކޭޝަނުން ވަކިވާން ނުވަ މަސް ދުވަސް ލިބޭނެ ކަމަށާއި ވިއްކުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް ދެކެވަޑައިގަންނަވާ ނަމަ ތިން މަސް ދުވަހުގެ މުއްދަތެއް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމެރިކާގެ މީޑިއާ ތަކުން މައުލޫމާތު ދެއެވެ.

ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓުން ވެސް ބުނަމުން ދަނީ ޓިކްޓޮކްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަނީ އެ ޕްލެޓްފޯމް ބެއިޖިން އިން އެމެރިކާ މީހުންނަށް ޖާސޫސްކޮށް އާންމުންގެ ބަހުސްތައް އޮޅުވާލުމަށް ބޭނުން ކުރެވިދާނެތީ ކަމަށެވެ.

ޓިކްޓޮކް އިން ބުނަމުން ދަނީ އެމެރިކާގެ ބޭނުންކުރާ މީހުންގެ ޑޭޓާ ޗައިނާ ސަރުކާރާ ހިއްސާކޮށްފައި ނުވާ ކަމަށާއި ދުވަހަކުވެސް ނުކުރާނެ ކަމަށެވެ. އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އާއި ކޮލަމްބިއާ ޔުނިވާސިޓީގެ ނައިޓް ފަސްޓް އެމެންޑްމަންޓް އިންސްޓިޓިއުޓް ފަދަ މަދަނީ މިނިވަންކަމުގެ ޖަމިއްޔާތަކުން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އުސޫލުން އެ ހުށަހެޅުންތަކާ ދެކޮޅު ހަދާފަ އެވެ.

ޓިކްޓޮކް ވިއްކާލަން މަޖުބޫރު ކުރުމަށް އެފަދަ ބިލެއް މިދިޔަ މަހު ހައުސްއިން ފާސްކުރި ނަމަވެސް ފަހުން ވަނީ ސެނެޓުގައި އެކަން މަޑުޖައްސާލައިފަ އެވެ. ޓިކްޓޮކް މަނާކުރަން އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2020 ވަނަ އަހަރު އެގްޒެކެޓިވް އަމުރެއްގައި ސޮއި ކުރެއްވި ނަމަވެސް، އެ އަމުރަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޑިއު ޕްރޮސެސް ރައިޓްސް އަށް އުނިކަން ލިބޭ ކަމެއް ކަމަށް ބުނެ ކޯޓުތަކުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.