މެޓާ ގެ ޕްލެޓްފޯމްތައް ބައިގަނޑިއެއްހާއިރަށް މެދުކެންޑިގެން ގޮސްފައިވޭ

ޓެކްނޯލޮޖީ

ދެ ގަޑިއިރު ފަހުން ފޭސްބުކް އާއި އިންސްޓަގްރާމް އަށް ދިމާވި މައްސަލަ ޙައްލުކޮށްފި

އަލީ އަޒްޔަން - ދުނިޔެ | 5 މާރޗް 2024 , އަންގާރަ 23:46   529

މެޓާއިން ބުނާ ގޮތުގައި ފޭސްބުކް، މެސެންޖާ އަދި އިންސްޓަގްރާމް ގެ ޚިދުމަތް މެދު ކެނޑެންދިމާވި "ޓެކްނިކަލް މައްސަލަ" މިހާރު ވަނީ ހައްލުކޮށްފައެވެ.

ދުނިޔޭގެ ލައްކައެއްހާ ޔޫޒަރުންނަށް މިރޭ ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ޚިދުމަތް މެދުކެނޑުނެވެ.

ވެބްސައިޓްތަކާއި އެޕްތަކަށް ލޮގްއިން ކުރަން އުޅުނު މީހުންނަށް އެރަރ މެސެޖުތައް ފެނިގެން އާންމު ގޮތެއްގައި ފީޑްތައް ރިފްރެޝް ނުކުރެވުނެވެ.

އަދި އެކަމުގެ އަސަރު ކުރި މީހުންގެ ކިބައިން މައާފަށް އެދި މެޓާއިން ވަނީ އިރުގަނޑެއްގެތެރޭގައި މައްސަލަ ހައްލުކޮށްދީފަ އެވެ.

ޓްރެކިން ވެބްސައިޓް ޑައުންޑިޓެކްޓަރުން ދައްކާ ގޮތުގައި މިކަމުގެ އަސަރު އެތައް ގައުމަކަށް އަސަރުކޮށްފައިވެ އެވެ.

މެޓާގެ ޕްލެޓްފޯމްތަކަކީ ދުނިޔޭގައި އެންމެ މަގުބޫލު އޮންލައިން ޕްލެޓްފޯމްތަކެވެ. ފޭސްބުކްގައި މަހަކު ތިން ބިލިއަން އެކްޓިވް ޔޫޒަރުން ތިބިއިރު، އިންސްޓަގްރާމް މި އަހަރުގެ ފަހުކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.4 ބިލިއަން އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

2023 ވަނަ އަހަރު ތައާރަފްކުރި ޓްވިޓާއާ ވާދަވެރި ތްރެޑްސް އިން ވެސް ވަނީ މެދުކެނޑިފައިވާކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މެޓާގެ ވެސް މިލްކުވެރިކަމުގައިވާ، ވަޓްސްއެޕް އަށް އެއްވެސް އަސަރެއް ނުކުރެއެވެ.

މެޓާއަށް މީގެކުރިން ދިމާވި އެންމެ ބޮޑު މައްސަލަ ދިމާވީ 2021 ވަނަ އަހަރުއެވެ. އޭރުވެސް ފައުންޑަރ މާކް ޒުކަބާގް އެކަމުގެ ސަބަބުން ކުރިމަތިވި ބުރޫއެރުމަށް މައާފަށް އެދުނެވެ.

އެ ފަހަރު ފޭސްބުކް، މެސެންޖާ، ވަޓްސްއެޕް އަދި އިންސްޓަގްރާމްގެ ހިދުމަތްތައް ގާތްގަނޑަކަށް ހަ ގަޑިއިރު ވަންދެން ދަށަށް ޑައުންވިއެވެ.

ޓެގްސް: ފޭސްބުކް ސޯޝަލްމީޑިއާ އިންސްޓަގްރާމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.