މެމްބަރު ރޮޒޭނާ އާދަމް - ބިލުގައިވާގޮތުން 2029 ގެ މަޖިލީސް އިންތިޚާބުގައި 33 އިންސަތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމަށް ހުށަހަޅުއްވާފައިވޭ

ޓެކްނޯލޮޖީ

މަޖިލީހުގެ 33 އިންސައްތަ ގޮނޑި އަންހެންނުންނަށް ޚާއްޞަކުރަން ބިލެއް، މިހާރުގެ އިންތިޚާބަކަށް އަސަރެއްނުކުރާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 މާރޗް 2024 , ހުކުރު 22:52 1   888

ރައްޔިތުންގެ މަޖްލިސްގައި ތަމްޞީލްކުރާ މެމްބަރުންގެ ތެރެއިން، 33 އިންސައްތަ ގޮނޑި އަންހެންނުންނަށް ޚާއްޞަކުރަން ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި ބިލް ހުށަހަޅުއްވާފައިވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއެވެ. މިހާރުގެ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ މަދު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރޮޒޭނާ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫޙުގެ ރައީސާ ވެސްވެމެއެވެ.

ރޮޒޭނާ ހުށަހެޅުއްވި ބިލްގައިވާގޮތުން ގޮނޑިތައް ޚާއްޞަކުރުމަށް ކަނޑައަޅާ ދާއިރާތައް ކަނޑައަޅާނީ ގުރުޢަތު ނަގައިގެންނެވެ. އެންމެފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ޢަމަލުކޮށްފައިވަނީ މިފަދަ އުސޫލަކުންނެވެ. އަދި އޭގެ ސަބަބުން ކައުންސިލްތަކުގައި ތިއްބަވާ އަންހެން ބޭފުޅުންގެ ޢަދަދު އިތުރުވެގެން ގޮސްފައިވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެއެވެ. އެމްޑީޕީ އިން ހުށަހެޅުއްވި އިސްލާޙާއިއެކު ކުރިއަށް އޮތް ދައުރުގެ އިންތިޚާބު އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ބަދަލުކޮށްފައިވާކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފައިވެއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ، މި ބިލް ހުށަޙެޅުއްވި ނަމަވެސް ކުރިއަށް އޮތް އިންތިޚާބަކަށް މިކަމުން އަސަރެއް ނުކުރާނެކަމަށާއި، އެބިލް ފާސްވެއްޖެނަމަ ޢަމަލުކުރަން ފަށާނީ 2029 އިން ފެށިގެން ކަމަށެވެ.

މަޖިލީހުގެ ގޮނޑިތަކުގެ ޢަދަދުތައް ވަކި މިންވަރެއްގައި ހިފަހައްޓައި ދާއިރާތައް ތަމްޞީލްކުރާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަން އެމްޑީޕީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތާއި ގުޅޭ ގޮތުން ސުވާލުކުރުން ރޮޒޭނާ ވިދާޅުވީ، "އެ މަސައްކަތް ވެސް ދަނީ ކުރިއަށް" ކަމަށެވެ.

ޓެގްސް: އެމްޑީޕީ މަޖިލީސް އިންތިޚާބު ޤާނޫނަށް ބަދަލުގެނައުން ރޮޒޭނާ އާދަމް އަންހެނުން ބާރުވެރިކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.