އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ޕެރޭޑްގައި ދެއްކުނު ދުރު ރާސްތާގެ ބެލިސްޓިކް އަގްނީ-5 މިސައިލް

ޓެކްނޯލޮޖީ

5،000 ކިލޯމީޓަރަށް ވާޞިލްވެވޭ، އިންޑިއާގެ ފުރަތަމަ އަމިއްލަ މިސައިލް ކާމިޔާބުކަމާއިއެކު އުދުއްސާލައިފި

ދާނިޝް - އިންޑިއާ | 12 މާރޗް 2024 , އަންގާރަ 22:00   739

މަލްޓިޕަލް އިންޑިޕެންޑެންޓް ޓާގެޓެބަލް ރީ-އެންޓްރީ ވެހިކަލް (އެމްއައިއާރުވީ) ޓެކްނޮލޮޖީއާއެކު އިންޑިއާއިން އަމިއްލަ ގައުމުގައި އުފެއްދި މިސައިލެއްގެ ފުރަތަމަ ފްލައިޓް ޓެސްޓް ފުރިހަމަކޮށްފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

"އަލިފާން" ސަންސްކްރިތު ބަހުގެ ނަމުން ނަން ދީފައިވާ މި މިސައިލަކީ 1983 ވަނަ އަހަރު ފެށި ޕްރޮޖެކްޓްއެކެވެ. އިންޑިއާގެ ނިއުކްލިއާ ގާބިލްކަން ހުރި އަގްނީ މިސައިލް ސީރީޒްގެ އެންމެ ފަހުގެ އުފެއްދުމެވެ.

5،000 ކިލޯމީޓަރު (3،100 މޭލު) ގެ ރާސްތާއަށް ދަތުރުކުރާ އަގްނީ-5 ޕްލެޓްފޯމްގައި އެއް މިސައިލަކުން ފޮނުވާލާ އެކި އަމާޒުތަކަށް މި ޓެކްނޮލޮޖީން ގިނަ ވޯހެޑްތަކެއް ބޭނުންކުރެވޭނެއެވެ. މިއާއި އެކު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ލޯންގް ރޭންޖް ކެޓަގަރީގެ އެންމެ ވާދަވެރި ގައުމަށް އިންޑިއާ ވެގެން ދާނެއެވެ.

އިންޑިއާ އަކީ ދިވެހިރާއްޖެއާއި އެންމެ އަވަށްޓެރި އެއް ޤައުމެވެ. ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކުޅުދުއްފުއްޓާއި ދެމެދު ދުރުމިނަކީ ގާތްގަނޑަކަށް 470 ކިލޯމީޓަރެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މަލްޓިޕަލް އިންޑިޕެންޑެންޓް ޓާގެޓެބަލް ރީ-އެންޓްރީ ވެހިކަލް (އެމްއައިއާރުވީ) ޓެކްނޮލޮޖީއާއެކު އަމިއްލަ ގައުމުގައި އުފެއްދި އަގްނީ-5 މިސައިލްގެ ފުރަތަމަ ފްލައިޓް ޓެސްޓް" ފެށުމުން އެކަމާއި ފަޚުރުވެރިވާ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އެކްސްގައި ވިދާޅުވީ މިސައިލް ޓެކްނޮލޮޖީގެ ގާބިލުކަން ލިބިފައިވާ ގައުމުތަކުގެ ހޮވާލެވޭ ގުރޫޕްގައި އިންޑިއާ މިހާރު ހިމެނޭ ކަމަށެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޗައިނާ އަދި ރަޝިއާ އަކީ މިހާރުވެސް އެމްއައިއާރުވީ މިސައިލް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަށް ވާއިރު، ޕާކިސްތާނުން 2017 ވަނަ އަހަރު މި ޓެކްނޮލޮޖީ ޓެސްޓްކޮށްފައިވާ ކަމަށް ވޮޝިންޓަންގެ ޖަމިއްޔާއެއް ކަމަށްވާ ސެންޓާ ފޯ އާމްސް ކޮންޓްރޯލް އެންޑް ނޮން ޕްރޮލިފަރޭޝަނުން ބުނެ އެވެ.

އިންޑިއާގެ މިސައިލަކީ އެގައުމުގެ އަސްކަރީ ރިސާޗް އާމް، ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނުން އުފެއްދި މިސައިލެކެވެ.

ދިއްލީއަކީ 1990 ގެ އަހަރުތަކުން ފެށިގެން މެދުރާސްތާ އާއި ދުރު ރާސްތާގެ މިސައިލް ސިސްޓަމްތައް ތަރައްގީ ކުރަމުން އަންނަ ތަނެއްކަން ފާހަގަކޮށް ކުރެވެއެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ވަނީ އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާއާއެކު ކުއަޑް އެލަޔަންސް ފަދަ ހުޅަނގުގެ ގައުމުތަކާ އެކު ދިފާއީ ގުޅުން ވަރުގަދަކޮއްފައެވެ.

އިންޑިއާ އާއި އެންމެ ވާދަވެރި ޤައުމުތަކަކީ، އަވަށްޓެރި ޕާކިސްތާނާއި ޗައިނާއެވެ. މި ދެޤައުމާއިއެކު ވެސް އިންޑިއާގައި ބޯޑަރު އޮވެއެވެ.

ޓެގްސް: އިންޑިއާ ޕާކިސްތާން ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.