އޭޑީކޭ ހޮސްޕިޓަލުން ފަރުވާހޯދުމަށް ގޮސްފައިވާ މީހުން

ހަބަރު

އޭޑީކޭ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ފީ ދެގުނަ ބޮޑުކޮށްފި

އަލީ އަޒްޔަން - ކ. މާލެ | 14 ޑިސެންބަރު 2022 , ބުދަ 10:52   345

އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ގިނަ ޚިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްފިއެވެ.

ހޮސްޕިޓަލުގެ ފަރާތުން މަޢްލޫމާތު ދެއްވިގޮތުގައި މާދަމާ އިން ފެށިގެން ޑޮކްޓަކަށް ދެއްކެއްމަށްޓަކައި މީހަކަށް މަދުވެގެން 400 ރުފިޔާ އާސަންދަ ކެނޑުމަށްފަހު ދައްކަން ޖެހެއެވެ. އެއީ މިހާރު ދައްކަމުން އަންނަ 200 ރުފިޔާއަށްވުރެ ދެގުނަ ބޮޑު ޢަދަދެކެވެ.

ހަމައެހެންމެ ނާރުގެ ޑޮކްޓަރުން ފަދަ ސުޕަރސްޕެޝަލިސްޓުންނަށް ދެއްކުމަށްޓަކައި މިހާރު ދައްކަމުންއަންނަ 300 ރުފިޔާގެ ބަދަލުގައި 500 ރުފިޔާ ނަގާނެއެވެ. މީގެ އިތުރުން ވެސް އޭޑީކޭ އިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަށް ނިސްބަތުން ވަރަށް ބޮޑުތަން އިތުރުކޮށްފައިވެއެވެ.

އެ ހޮސްޕިޓަލުން ވަނީ އަގުތަކަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކެއްގެ މަޢްލޫމާތު ޙިއްޞާކުރުމަށް އިންކާރުކޮށްފައެވެ. އަދި މިފަދަ ބަދަލުތަކެއް ގެންނަނީ ކޮން ސަބަބަކާއި ހުރެކަން ސާފުވާގޮތް ވަނީ ނުވެފައެވެ.

އޭޑީކޭ ހޮސްޕިޓަލަކީ ނުވަދިހައިގެ އަހަރުތަކުގައި، އައިޖީއެމްއެޗް ހުޅުވުމުގެ ކުރިން ސަރުކާރުން ހިންގަމުން އައި މައި ހޮސްޕިޓަލެވެ. މި ހޮސްޕިޓަލް ހިންގުމަށްޓަކައި ކުރީގެ މަޖިލީސް މެމްްބަރު އަހުމަދު ނާޝިދު އާއި ދިގު މުއްދަތަކަށް އެތަން ހިންގަން ސަރުކާރުން ޙަވާލުކުރިއިރު، ހުށަހަޅާފައިވާ އާދަޔާއި ޚިލާފު ކުޑަކުއްޔަކަށްވުމުން، ޢާއްމުންގެ ތެރެއިން ގިނަބަޔަކު އެކަމާއިދެކޮޅަށް އަޑުއުފުލާފައިވެއެވެ.

އަދި ޓެކްސް ވެސް ބޮޑުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި އޭޑީކޭއިން ކުއްލިގޮތަކަށް މިފަދަ ބޮޑެތި ބަދަލުތަކެއް އަގުތަކަށް ގެނައި މައްސަލައިގައި، ސޯޝަލްމީޑިއާގައި ގިނަ ބައެއްގެ ނުރުހުން އެހޮސްޕިޓަލަށް ވަނީ އަމާޒުވެފައެވެ.

ޓެގްސް: ސިއްޙީ ޚިދުމަތްދޭތަންތަން ސިއްޙީ ފަރުވާ އޭޑީކޭ ހޮސްޕިޓަލް ތަކެތީގެ އަގުއުފުލުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.