މަންތާ އެއަރގެ ކްރޫ އައްޑޫ ސިޓީގައި، ފޮޓޯއަކަށް ހުއްޓިލައިގެން

ހަބަރު

މަންތާގެ އައްޑޫ ދަތުރުތައް ވަގުތީގޮތުން މެދު ކެނޑުމަކަށް، އަންނަ އަހަރު އިންޑިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 11 ސެޕްޓެންބަރ 2022 , އާދީއްތަ 18:02   485

ކަނޑިމާ މޯލްޑިވްސް ރިސޯޓްގެ އިތުރުން، ދާލު އަތޮޅުގެ ޑޮމެސްޓިކް އެއަރޕޯޓް އޮޕަރޭޓްކުރަމުން އަންނަ ރެލޯ އިންވެސްޓްވެސްޓްމެންޓްގެ ފަރާތުން ހިންގަމުން އަންނަ "މަންތާ އެއަރ" ކުންފުނިން ރާއްޖޭން ބޭރަށް ދަތުރުތައް ފެށުމަށް ތައްޔާރުވާން ފަށައިފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމުން މަންތާ އެއަރގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ބަލަމުންދަނީ އިންޑިއާ ނޫނީ ލަންކާގެ ކޮންމެވެސް އެއް މަންޒިލަކަށް ދަތުރުތައް ފެށުމަށްކަމަށެވެ. އެގޮތުން، އެއަރކްރާފްޓް ތައްޔާރުކުރުމާއި، ދަތުރުކުރަން ބޭނުންވާ މަންޒިލްތަކާއި ގުޅޭގޮތުން ދިރާސާކުރެވެމުން ދާކަމަށެވެ.

އިތުރަށް އެކުން ފުނީގެ ފަރާތުން ބުނެފައިވަނީ، ބައެއް ބޯޓުތައް ސާވިސް ކުރެވެމުންދާތީ އާއިއެކު، އައްޑޫ ސިޓީއަށް ކުރަމުން އަންނަ ދަތުރުތައް، މިވަގުތައް މެދުކަނޑާލެވިފައިވާކަމަށެވެ. ނަމަވެސް، ސާވިސް ނިމުމުން އަލުން ފަށާނެކަމަށެވެ.

އަޅުގަނޑުމެން އައްޑޫ ސިޓީ ދަތުރުތައް ހުއްޓާލީކީ ނޫން. އެކަމަކު ސަސްޕެންޑްކުރީ. އެއީ ބައެއް ބޯޓުތަކަށް ސާވިސްކުރަން ބޭރަށް ފޮނުވަން ޖެހުމުން. ދެން މިއަހަރު ފަހުކޮޅަށް މިބަލަނީ، ސާވިސްކޮށް ނިމޭނެކަމަށް. ނިމުމުން އަލުން އައްޑޫ ދަތުރުތައް ފަށާގޮތަށް އަޅުގަނޑުމެން މިތިބީ.

ދެން ބޭރުގެ ދަތުރުތައް ކުރުމަށް ތައްޔާރުވަމުންދާތާ މިހާރުވެސް ދުވަސްތަކެއްވެއްޖެ. އެއީ ވަރަށް ދިގު ޕްރޮސެސްއެއް. ހުއްދަ ހޯދުމާއި ކަންތައް. އަޅުގަނޑުމެން މިދަނީ ބަލަމުން، އަދި ނުއެއް ނިންމާ ސީދާ ކޮން މަންޒިލަކަށް ކަމަށް ދާނީކީ. އެކަމަކު، ލަންކާ ނޫނީ އިންޑިއާގެ ކޮންމެވެސް މަންޒިލަކަށް ފުރަތަމަ ދަތުރުތައް ފެށޭތޯ މިބަލަނީ. މިއަހަރު ހިޔެއް ނުވޭ. މިއަންނަ އަހަރު ކުރީކޮޅުކަމަށް މިބަލަނީ، އެދަތުރުތައް ފެށޭނެކަމަށް.

~ މަންތާ އެއާގެ އޮފިޝަލަކު

މަންތާ އެއަރ އިން ފުރަތަމަ އެއަރކްރާފްޓެއް ރާއްޖެ ގެނެސްފައިވަނީ 12 ނޮވެމްބަރު 2018 ގައެވެ. އަދި އޮޕަރޭޓްކުރުމުގެ ހުއްދަ ލިބުނީ 21 ފެބްރުއަރީ 2019 ގައެވެ. އަދި ސީޕްލޭން އޮޕަރޭޝަންތައް ފަށާފައިވަނީ 17 ނޮވެމްބަރު 2019 ގައެވެ.

އެއަރލައިނުން އަންނަނީ، އައްޑޫ ސިޓީ އަދި މާލޭ ވެލާނާ އެއަރޕޯޓުގެ އިތުރުން، މާފަރު އެއަރޕޯޓާއި، ދާލު އެއަރޕޯޓުގެ އިތުރުން، ބާ އަތޮޅު ދަރަވަންދޫ އެއަރޕޯޓަށް ވެސް ދަތުރުކުރަމުންނެވެ.

މަންތާގެ ދަތުރުތަކުގައި 64 ޕެސެންޖަރުންގެ 3 އެއަރކްރާފްޓާއި، 13 ސީޕްލޭން އައީ ބޭނުންކުރަމުންނެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް މަންތާ އެއަރ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.