ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަރަށް ފޯރިއާއިއެކު އައްޑޫ ސިޓީގައި ރިޔާސީ ކެމްޕޭނަށް ތައްޔާރުވާން ފަށައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ފޭދޫގައި ހުންނަ ޕީޕީއެމް ޖަގަހައިގައި އެކްސްޕްރެސް ނިއުސް އާއި ވަހަކަ ދައްކަވަމުން ފޭދޫ ޖަގަހައިގެ ރައީސް، ސަޢީދު ވިދާޅުވީ ޕީޕީއެމް އިން މަސައްކަތް ފަށާފައިވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށެވެ.
ސަޢީދު އިތުރަށް ވިދާޅުވީ މިސަރުކާރުން އައްޑޫ ރައްޔިތުންނަށް، ވަރަށް ބޮޑަށް އިޙުމާލުވެފައިވާކަމަށެވެ. އަދި ފޭދޫ އަށް ކަންކަން ކުރެވިފައި ހުރީ ރައީސް ޔާމީނުގެ ދައުރުގައި ކަމަށާއި، މިހާރު އައްޑޫ ސިޓީ މިއޮތީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން އިންޑިއާ އައުޓު ވާން ބޭނުންވާތީ ވެސް ރައީސް ޔާމީނުއަށް ތާޢީދުކޮށް ހޮވަން ބޭނުންވާކަމަށެވެ.
ހުކުރު ދުވަހު ފޭދޫ ޖަގަހައިގައި ޙަރަކާތް ކުރިއަށްދާ މަންޒަރު އަދި ބައެއް ފަރާތްތަކާއިއެކު ކުރެވުނު އިންޓަވިއު
ޕީޕއެމް އައްޑޫ ސިޓީ ފޭދޫ ގޮފިން މަޢްލޫމާތު ދެއްވިގޮތުގައި، މި ޙަރަކާތް ދެން ހުއްޓާނުލައި އިންތީޚާބުގެ ވޯޓުލުމާއި ހަމައަށް ކުރިއަށް ގެންދާނެކަމަށެވެ.

ޕީޕީއެމް އެން ރިޔާސީ ކެމްޕޭނުގެ މަސައްކަތް އައްޑޫ ސިޓީގައި ފަށައި ޖަގަހަތައް އެކްޓިވޭޓް ކުރަމުންދާއިރު، އަދި އެހެން ޕާޓީތަކުން އެހާބޮޑަށް ޙަރަކާތްތެރިވެ ޖަގަހަތަކުގެ މަސައްކަތް ފަށާފައިނުވެއެވެ.