މެމްބަރު ޢަބްދުއްﷲ ޖާބިރު ނެންގެވި މައްސަލައަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަދި މިނިސްޓަރު މަޚްލޫފް ވެސް ވަނީ ތާޢީދުކުރައްވާފައި

ހަބަރު

ކެސިނޯ އެޅުމާއި ގުޅޭ ހޫނު ބަހުސެއް އަނެއްކާވެސް މަޖިލީސްތަޅުމުގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 އޮކްޓޯބަރ 2022 , އަންގާރަ 12:09   423

ރާއްޖޭގައި ކެސިނޯ އެޅުމާއި ގުޅޭ ގިނަ ބަހުސްތަކެއް ފަހަކަށް އައިސް ދަނީ ކުރަމުންނެވެ. ކެސިނޯހެދުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއްބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ރައީސް ޢަބްދުއްﷲ ޖާބިރު އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، ބައެއް އެހެން މަޖިލީސް މެމްބަރުންނާއި، ރިސޯޓް އޯނަރުން، އަދި ކެބިނެޓް މިނިސްޓަރުން ވެސް ގެންދަވަނީ ތާޢީދުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަނެއްކާވެސް ޖާބިރު އެފަދަ މައްސަލައެއް ވަނީ ނަންގަވާފައެވެ. ޖާބިރު މިފަހަރު މައްސަލަ ނެންގެވީ މިނިސްޓަރު މަޚްލޫފް އާއި ސުވާލުކުރައްވަމުންނެވެ.

ޖާބިރު މިނިސްޓަރު އަރިހުން، "ކެސިނޯހެދުމަށްޓަކައި ތިޔަ މިނިސްޓްރީ އިން ކުރައްވަނީ ކޮންކަމެއްތޯ، އަދި ކޮންތާކުންތޯ މަނާކުރަނީ" އެއްސެވުމުން، މިނިސްޓަރު ޖަވާބު ދެއްވުމުގެ ކުރިން ރިޔާސަތުން މަޖިލީހުގެ ރައީސް ވަނީ ރައްދު ދެއްވާފައެވެ.

ފާހަގަ ވާކަމަކީ އެއްވެސް ޤަވައިދަކުން މަނާކުރާކަމެއް ނޫން. އެހެންނަމަވެސް، ސާފު ޤަވައިދުތަކެއް ނެތުމުން، ރިސޯޓުތަކަށް މިކަންނުކުރެވި، ޚިދުމަތްނުދެވި ވާކަމަށް ތަކުރާރުކޮށް ޢިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާ.

~ މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް

ފުރުޞަތު ލިބުމުން މިނިސްޓަރު މަޚްލޫފު ވެސް ވަނީ ޖާބިރުގެ ވާހަތަކަށް ތާޢީދުކުރައްވައި، މަޝްވަރާގެ އުސޫލުތަކަށް ފުރުޞަތު ދިނުމަށް ގޮވާލާފައެވެ.

ކެސިނޯއޭ ބުންޏަސް، އެވާހަކަ ފެށިއަސް ގޯސްވޭ. މިއިން ކަމަކާއި ގުޅިގެން މަޝްވަރާކުރާނެ ޖާގަވެސް ނުލިބޭ. ކުރީ ދުވަހުވެސް [ޖާބިރު] ވިދާޅުވިހެން ބަރާބަރަށް ރާ ވިއްކާ. އެހެން ހުރިހާ ސަކަރާތްތަކެއް ވެސް އެތަންތާ އެބަޖަހާ. ކެސިނޯގެ ވާހަކަ ފަށާފަ، ހަމަ ބުނާއިރަށް ބުނޭ ޙަރާމޭ. ރާ ވިއްކާއިރު ޙަރާމެއް ނޫނޭ. ކެސިނޯގެ ވާހަކަދައްކާއިރަށް އެކަމެއް ނުކުރެވޭނެއޭ، ޙަރާމޭ.

އަޅުގަނޑަކީ، އަނެއްކާވެސް ހުއްދަދޭ މީހާއެއް ނޫން. އަޅުގަނޑު ހަމަ ހަޤީގަތުގައި ވެސް ޤަބޫލުކުރަނީ މިހެންހުރި ހުރިހާކަމަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްގެން ގޮތްތައް ހޯދަންޖެހޭކަންކަން. އެވާހަކަ ދެއްކެން އެބަޖެހޭ އަޅުގަނޑުމެންގެ ސޮސައިޓީތެރޭގައި.

އަޅުގަނޑަށް ފެންނަނީ ދެފަޅިން ވެސް ގޮސް ވަރަށް ބޮޑަށް ހައްދުފަހަނަޅުމަކަށް ދާތަން. ދެފަޅިން. ދެފަޅިއަށް އެންމެން ގޮސް ބެހެނީ.

~ އަޙްމަދު މަޚްލޫފު، ދައުލަތުގެ ވަޒީރު

މިލިޔުމާއި ގުޅޭ ވީޑިއޯ ފުޓޭޖް

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.