އައްޑޫ ސިޓީގެ ކައުންސިލް މެމްބަރު ހުސެން ޒަރީރު

ހަބަރު

ކައުންސިލާރ ޒަރީރު، ކައުންސިލް ހިންގާގޮތާއި އަދި ބައްދަލުވުންތައް ބޭއްވޭގޮތާއިމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 އޮކްޓޯބަރ 2022 , ބުރާސްފަތި 22:38   515

އައްޑޫ ސިޓީ ކަަައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގެ ނިޒާމު ހަރުދަނާކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށާއި، އަދި ބައްދަލުވުންތައް ކުރިއަށްދާގޮތައިމެދު ހިތްހަމަޖެހިވަޑައިނުގެން، ގިނަ ކަންބޮޑުވުންތަކެއް މިއަދުގެ ޖަލްސާގައި އެކައުންސިލްގެ މެމްބަރު ހުސެން ޒަރީރު އަނެއްކާ ވެސް ފާހަގަކުރައްވައިފިއެވެ.

ޤާނޫނާއި ގަވައިދުތަކާއި އަދި ކަނޑައެޅިފައިވާ އުސޫލްތަކާއިއެއްގޮތަށް ކައުންސިލްގެ ހިންގުން ރަނގަޅުކުރުމަށާއި، ލޯކަލް ކައުންސިލްތަކުގެ އާއްމު އިޖުރާއީ ހަމަތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށާއި، އަދި ބައްދަލުވުންތަކުގެ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްގެ މޭޔަރަށް ލަފާދެއްވާފައެވެ. ކައުންސިލަރ ޒަރީރު ވަނީ މީގެ ކުރިން ވެސް މިފަދަކަންބޮޑުވުންތައް ކައުންސިލްގެ ރަސްމީ ޖަލްސާތަކުގައި ފާހަގަކުރައްވާފައެވެ.

ޒަރީރު ވަނީ މިއަދު ޖަލްސާގައި ޙިއްޞާކުރެއްވި ބައެއްކަން ތަކުރާރުކުރައްވާފައެވެ. އޭގެ ތެރޭގައި:

  • ކޮންމެ ހަފްތާއެއްގެ ވެސް ވަކި ދުވަހެއްގައި ގަޑިކަނޑައެޅިގެން ޖަލްސާ ބާއްވަން އިންތިޒާމުކޮށްފައި އޮންނައިރު، މިއިން ޒަމާނެއްގައިވެސް ގަޑިއަށް ޖަލްސާ ބޭއްވިފައިނުވާކަމަށެވެ.
  • 10 ޖަހާއިރު ފަށަން އޮންނަ ޖަލްސާ ފަށަނީ 12 ޖަހާއިރު ކަމަށެވެ. ދެން 15 މިނެޓު ފަހުން ބަންގިގޮވީމާ މެދުކަނޑާލަންޖެހެއެވެ. މީގެ ސަބަބުން ޖަލްސާތައް ލައިވްކުރުމުގެ މާބޮޑު ބޭނުމެއް ނެތްކަމަށާއި، ނަމާދު ގަޑީގައި ޖަލްސާތައް ކުރިއަށް ގެންގޮސްގެން ބަލާނެބަޔަކު ނުތިބޭނެކަމަށެވެ. ޖަލްސާ ފެށޭނެއިރެއްގެ އިންތިޒާރުގައި ރައްޔިތުން މުޅި ދުވަސް ދުއްވާލަން ނުޖެހޭކަމަށެވެ.
  • ޤަވާއިދުތައް ތަންދޭ ފަދައިން، އަދި ތަހުޒީބު މުޖްތަމަޢުތަކުގައި ކަންކުރާ އުސޫލުން ޢާއްމު ރައްޔިތުންގެ ތެރެއިން ޖަލްސާތަކަށް އަޑުއެހުމަށްޓަކައި ވަޑައިގަތުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލުމާއި، ކަނޑައެޅޭ ވަކި ވަޤުތުތަކެއްގައި ރައްޔިތުންނަށް ސުވާލާއި ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ދޭންޖެހޭކަމަށެވެ. އޭގެ ސަބަބުން، ކަނއުންސިލަށް ރައްޔިތުންގެ ބައިވެރިވުންލިބި ކަންކަން އޮޅުން ފިލައިގެން ދިއުމަށް މަގުފަހިވާނެކަމަށެވެ.
  • ވޯކިންގ ސެޝަންގެ ނަމުގައި ކޮންމެ ހަފްތާއެއްގެ ވެސް ޖަލްސާ ބާއްވަންޖެހޭގަޑީގައި އިތުރު ސެޝަނެއް ޖަލްސާ ފަށަން އޮންނަގަޑީގައި ބޭއްވުމުގެ ބޭނުމެއް އަދި ސަބަބެއް ނުވިސްނޭކަމުގައެވެ. ވޯކިން ސެޝަން އަކީ ޖަލްސާ އޮންނަދުވަހު ބާއްވަން ޖެހޭ ސެޝަނެއް ކަމަށް ޤަބޫލުނުކުރެވޭކަމަށާއި، ވޯކިންސެޝަންގެ ސަބަބުން ކައުންސިލްގެ ޖަލްސާގެ އެޖެންޑާގައި ހުންނަ މައްސަލަތަކަށް ގޮތް ނިންމުމުގައި ނުފޫޒުފޯރުވުމަށް ފުރުޞަތު ހުޅުވިގެން ދިއުމާއެކު ޒިންމާދާރުކަމާއެކު މަސައްކަތްކުރުމުގެ މާޙައުލު ގެއްލޭކަމަށެވެ.

މިއަދުގެ ޖަލްސާގެ ވީޑިއޯ ހައިލައިޓްސް

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.