މީރާ

ހަބަރު

މީރާއިން މިދިޔަ މަހު 1.41 ބިލިއަން ރުފިޔާ ބަލައިގަނެފި

ދާނިޝް - އައްޑޫ އަތޮޅު | 11 އޮކްޓޯބަރ 2022 , އަންގާރަ 11:23   164

ދިވެހި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ ސެޕްޓެމްބަރު މަހު 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް ހާމަކޮށްފިއެވެ.

މި އަދަދަކީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 29 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ބުނާ ގޮތުގައި މިއީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމާއި ގުޅިގެން އައި ދަށްވުމެކެވެ. އަދި މި އަހަރުގެ ވަނަ އަހަރުގެ 4 ވަނަ ކުއާރޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަނދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، އޮކްޓޯބަރ މަހަށް ސުންގަޑި ފަސްވުމުންވެސް މި ދަށްވުމަށް މަގުފަހު ކުރުވި ކަމަށްވެސް މީރާއިން ލަފާކުރެއެވެ.

ސެޕްޓެމްބަރ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 45.6 އިންސައްތަ ނުވަތަ 640.93 މިލިއަން ރުފިޔާއެވެ.

ޓޫރިޒަމް ލޭންޑް ރެންޓްއިން 21.2 އިންސައްތަ ނުވަތަ 297.63 މިލިއަން ރުފިޔާ ލިބިފައިވާއިރު އިންކަމް ޓެކްސްގެ ގޮތުގައި 149.30 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 174.84 މިލިއަން ރުފިޔާ ލިބިފައިކަމަށް މީރާގެ ތަފާސް ހިސަާބުތަކުން ދައްކައެވެ.

ޓެގްސް: މީރާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.