ހުޅުމާލޭ ދެވަނަ ފޭހުގެ ދަށުން ހިއްކާފައިވާ ބިން

ހަބަރު

35،000 އަށްވުރެގިނަ މާލޭގެ ރައްޔިތުން ގޯއްޗާއި ފުލެޓަށް އެދިއްޖެ

އަލީ އަޒްޔަން - ކ. މާލެ | 16 އޮކްޓޯބަރ 2022 , އާދީއްތަ 09:57   208

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރަން ރާވައި ސަރުކާރުން އިޢްލާންކުރި ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުޞަތަށް މުއްދަތު ހަމަވެފައިވާއިރު 35،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފިއެވެ.

ފޯމުތައް ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ ރޭ ދަންވަރަށެވެ. ފުރުޞަތު ހުޅުވާލާފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

ފޯމުތައް ހުށަހަޅާފައިވާ މީހުންގެތެރޭގައި ރާއްޖެއިން ބޭރުގެ 64 ޤައުމެއްގައި ތިބި ދިވެހިން ހިމެނޭކަމަށް މަޢްލޫމާތު ލިބެއެވެ. ޖުމްލަ ހުށަހަޅާފައިވަނީ 35،861 ފޯމެވެ. މީގެ ތެރެއިން 15،164 ފޯމަކީ ބިން ބޭނުންވެގެން ކުރިމަތިލީ ފަރާތްތަކެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމް ހުށައަޅާފައިވާއިރު، 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ވަނީ ހުށައަޅާފައެވެ.

މުޅިއެކު ދޫކުރުމަށް ނިންމާފައިވަނީ 4،000 ފުލެޓާއި 3،000 ގޯއްޗެވެ. ގޯތި ތަކުގެ ތެރެއިން 2،000 ގޯއްޗެއް ދޫކުރާނީ ގުޅީފަޅުންނެވެ.

އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ފޯމުތައް ހުށަހަޅާފައިވަނީ މުޅިންވެސް އޮންލައިންކޮށެވެ. ހެޗްޑީސީ އިން ބުނެފައިވަނީ ކުރިއަށް އޮތް 3 މަސް ތެރޭގައި އިވެލުއޭޓްކުރުމުގެ މަސައްކަތް ނިންމާލާނެކަމަށެވެ.

ޓެގްސް: ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.