މާލޭ ނޯތު ހާބަރުގައި ބޯޓަކަށް އަރުވަން ބަހައްޓާފައިހުރި ބިސްކޭސްތަކެއް. ފޮޓޯ: އެކްސްޕްރެސް ނިއުސް

ހަބަރު

"ބިސް ހުސްވީ ބޭރުން އައި ބޯޓު ވިއްސާރައިގައި ޖެހި އެނބުރި އިންޑިއާއަށް ދިއުމުން" - އައްޑޫގެ ވިޔަފާރިތައް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 އޮކްޓޯބަރ 2022 , ބުދަ 10:30   373

އައްޑޫ ސިޓީ އިން ބިސް ލިބުން ދަތިވެއްޖެކަމުގެ ޝަކުވާ ލިބެންފަށައިފިއެވެ.

މިކަމާއި ގުޅިގެން އައްޑޫގެ ބައެއް ބޮޑެތި ވިޔަފާރިތަކާއި ވާހަކަ ދައްކާލުމުން ބުނީ، ބިސް ހުސްވެފައިވަނީ ބިސް ލިބުން ދަތިވެގެން ނޫންކަމަށެވެ. އަދި ވިއްސަރަ އާއި ދިމާކޮށް ކުރިންރޭވިގޮތަށް އައްޑޫ ކޮޅަށް އިންޑިއާއިން އަންނަން އޮތް ބޯޓު ނައިސް ލަސްވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ.

އަޅުގަނޑުމެން އައްޑޫގެ ބައެއް ބޮޑެތި ވިޔަފާރިތައް ގުޅިގެން މިފަހަރު އިންޑިއާއިން ބޯޓެއް ޗާޓަރުކުރީ، އިންޑިއާގެ އެކްސްޕޯޓަރެއްގެ އެހީ އާއިއެކު. ވަރަށް ގިނަ ވިޔަފާރިތަކުން، އެއޯޑަރަށް ބަލައި މިފަހަރު މާލެއިން ނާލު ބޯޓުފަހަރަށް ބިސް ބަރެއް ނުކުރޭ. ދެން އިންޑިއާ ކޮޅުން ބޯޓު ނައްޓާލިފަހުން، ކުއްލިޔަކަށް ވަރަށް މޫސުމް ގޯސްވެ ބޯޓު އަނބުރާލަން ޖެހުނީ. ދެން ބެލިއިރު މާލޭ ކޮޅުގައި ވެސް ބޯޓެއް ނެތް އައްޑޫ ކޮޅަށް ފުރާކަށެއް. އެހެންވެ މިފަހަރު މި ތާށިވީ. އެކަމަކު މާލެއިން ބިސް ލިބުމުގައި ދަށްޗެއް ނެތް. މިހާރު ބިސް ބޯޓުފަހަރަށް އަރުވަމުން މިދަނީ. އެހެންވީމާ އޭގެއިން ބޯޓެއް އަންނަހާ އަވަހަކަށް އައްޑޫ އިން ބިސް ލިބޭނެ.

~ އައްޑޫގެ ވިޔަފާރިވެރިއެއް

އެސްޓީއޯގެ ބޯޓެއް ބޭނުންކޮށްގެން، އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫ އަށް ސީދާދަތުރުތައް ފެއްޓިނަމަވެސް، އެބޯޓު މިހާރު ވިއްކާލުމާއި ގުޅިގެން އެދަތުރުތައް މިހާރު ވަނީ މަޑުޖެހިފައެވެ.

އައްޑޫ އަކީ މާލެ ފިޔަވައި ސަރުކާރަށް އެންމެ ބޮޑު ޢާމްދަނީ ލިބެނީ އައްޑޫ އިންކަމަށް ދާދި ފަހުން ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވާކަމަށާއި، ރާއްޖެއިން ބޭރުން ސީދާ އައްޑޫއަށް ބޯޓެއް ނުބޭއްވެންވީ ސަބަބު ނުވިސްނޭކަމަށް އައްޑޫގެ ވިޔަފާރިތަކުން ބުނެއެވެ.

ޓެގްސް: މުދާ ހުސްވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.