ސްރީލަންކާގެ މަޖިލިސް ކުރާގެ

ހަބަރު

ސްރީލަންކާގައި - ރިޔާސީ ބާރުތައް މަދުކޮށް ގާނޫނަށް ބަދަލު ގެނެސްފި

ރާނިއާ - އައްޑޫ އަތޮޅު | 23 އޮކްޓޯބަރ 2022 , އާދީއްތަ 09:09   168

ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުން ހުކުރު ދުވަހު ވަނީ ރިޔާސީ ބާރުތައް މަދުކޮށް، އެންޓި ކޮރަޕްޝަނާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މިފާއިތުވެގެން ދިޔަ ދިހަ އަހަރު ދުވަހު ތެރޭގައި އެޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މާލީ ދަތިކަމުން ސަލާމަތްވުމުގެ ގޮތުން ގާނޫނު އަސާސީ އިސްލާހުތަކެއް ފާސްކޮށްފައެވެ.

މި އިސްލާހުތައް ފާސްކުރެވިގެންދިޔައީ އެފަދަ ގާނޫނުތައް ފާސްކުރުމަށް މަޖިލީހަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. 224 މެންބަރުންގެ ތެރެއިން 174 މެންބަރުން ވަނީ މިބިލާ އެއްކޮޅަށް ވޯޓު ދީފައެވެ.

ތެލާއި، ކާނާއާއި، ކެއްކުމަށް ބޭނުންކުރާ ގޭހާއި، ބޭހުގެ ބާވަތްތައް ފަދަ ޒަރޫރީ ބާވަތްތަކަށް ފައިސާ ދައްކަން ޖެހޭ ވަރަށް ޑޮލަރު ހޯދުމަށް ލަންކާއިން ވަނީ މަސްތަކެއް ވަންދެން އުނދަގޫތަކަަކައި ކުރިމަތިލާން ޖެހިފައެވެ. މިއީ ފާއިތުވެގެން ދިޔަ 70 އަހަރުގެ ތެރޭގައި ލަންކާގެ އިގްތިސާދު އެންމެ ގޯސް ވެގެންދިޔަ ދަނޑިވަޅެވެ.

އެތައް ނާކާމިޔާބު ސިޔާސަތުތަކުގެ ތެރެއިން ޓެކްސް މަދުކުރުމައި، ކެމިކަލް ފާޓިލައިޒާ މަނާކުރުމައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެހީތެރިކަން ހޯދުން ލަސްކުރުމުގެ ސަބަބުން ލަންކާގެ ހާލަތު އިތުރަށް ގޯސްވީ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ސަބަބުން ކަމަށް ސްރީލަންކާގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިކަންކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ތާރީހުގައި ފުރަތަމަ ފަހަރަށް ސްރީލަންކާ އެހެން ޤައުމުތަކަށް ދަރަނިވެރިވެ ބަނގުރޫޓު ވެފައިވާކަން އިޢްލާނުކުރުމެވެ.

މިއިސްލާހުތަކުގެ ސަބަބުން ލަންކާއިން އެދޭ ނިޒާމަށް ބަދަލުތައް ގެނައުމައިއެކު، އައިއެމްއެފްގެ ޕްރޮގްރާމެއް ހޯދުމާއި، އިގްތިސާދު އަލުން ބިނާކުރުމަށް ބައިނަލްއަގްވާމީ އެހެނިހެން އެހީތެރިކަން ލިބިގަންނަން އެހީތެރިވެދޭނެ"، ޖަސްޓިސް މިނިސްޓަރު ވިޖެދާސާ ރާޖަޕަކްޝޭ މަޖިލީހާ މުހާތަބުކުރަމުން ވިދާޅުވިއެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.