ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދް ސޯލިޙް، އެންޓީ ކޮރަޕްޝަން ކޮންފަރެންސްގައި ވާހަކަދައްކަވަނީ

ހަބަރު

ކޮރަޕްޝަންގެ އަމަލުތަކައް ހިތްވަރުދިނުމަކީ ކޮރަޕްޝަންގެ އެންމެ ނުބައި ސިފަ

ރާނިއާ - ދިވެހި ރާއްޖެ | 30 އޮކްޓޯބަރ 2022 , އާދީއްތަ 15:39   492

ކޮރަޕްޝަންގެ އެންމެ ނުބައި ސިފައަކީ ކޮރަޕްޝަންގެ އަމަލުތައް ޖާގަދީ ހިތްވަރުދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދް ސޯލިހް ވަނީ އާއްދީތަ ދުވަހު ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންތިޒާމްކޮށްގެން ބަނޑޮސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މުޅި ދުނިޔެއާއި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ދައުލަތާއި މަދަނީ ޖަމިއްޔާގެ ތިން ބާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އާންމުވެފައިވާކަމަށެވެ. އަދި ހަމަ އެހެންމެ ރައީސް ވިދާޅުވީ، ވެރިކަން ބަދަލުވި ނަމަވެސް، ކޮރަޕްޝަން ފަދަ ޒަމާންވީ މައްސަލަތަކަކީ އެއްރެއަކުން ހައްލުކުރެވޭނެ ކަންކަން ނޫންކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އޭސީސީންވެފައިވާ ވައުދުތައް އަލުން ކަށަވަރުކޮށް ދެއްވާފައެވެ. އަދި ހަމަ އެހެންމެ އޭސީސީން ކުރިޔަށްގެންދާ ކޮރަޕްޝަންގެ ތަހުގީގުތަކަށް ނުފޫޒު ނުފޯރުވޭނެކަމަށްވެސް ރައީސްވަނީ ޔަގީންކަން ދެއްވާފައެވެ.

އަދި ހަމަ އެހެންމެ އޭސީސީން ކުރަމުންގެންދާ މަސައްކަތައި ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ސިޔާސަތުތަކައި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާގަންނަ ކަންތައް ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކޮށްލިއެވެ.

ޓެގްސް: އެންޓި ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.