ދިވެހި ރާއްޖޭގެ ރިސޯޓަކަށް އައިސްފައި ތިބި ޓުއަރިސްޓުން

ހަބަރު

ފަތުރުވެރިކަމަށް 50 އަހަރު، ޖުބިލީ-ހިނގާލުމެއް އަދި އަދި ޒުވާނުންނަށް ޚާއްޞަ ފެއާއެއް ބާއްވަނީ

ރާނިއާ - ދިވެހި ރާއްޖެ | 7 ނޮވެންބަރު 2022 , ހޯމަ 10:07   294

މޯލްޑިވްސް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، އެފްއެޗްޓީއެސްގެ ދަރިވަރުން އިސްނަގައިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ޒުވާނުން ހޭލުންތެރިކުރުމަށައި، މިދާއިރާއިން އޮތް ފުރުސަތުތަކުގެ ފުޅާ މިންވަރު އަންގައުދިނުމުގެ ގޮތުން، 'އަރުތަ' ގެ ނަމުގައި ފެއާރ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމަ އެހެންމެ މި ފެއާރ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހޮސްޕިޓަލިޓީ އެންޑު ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުން ހިންގާ ހަރަކާތެއްވެސްމެއެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާރގައި ފަތުރުވެރިކަމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުންގެ އިތުރަށް ފަތުރުވެރިކަމުގެ އެކި ހިދުމަތްތަށް ދެއްވުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތައް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިފެއާރގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީވެގެން އައިސްފައިވާ ގޮތަށްވެސް އަލި އަޅުވައިލެވޭނެއެވެ. މިއައި އެކު ސަގާފީ ހަރަކާތްތައްވެސް ފެއާރގައި ކުރިއަށް ދާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީއައި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ދަރިވަރުންނަށް މަޢުލޫމާތު ހިއްސާ ކުރުމުގެ ގޮތުން "ޖުބިލީ ވޯކް" ގެ ނަމުގައި ހިނގާލުމެއް ބާއްވަންވެސް އެޗްޑީސީއިން އަންނަނީ ތައްޔާރުވަމުންނެވެ. މި ހިނގާލުން ކުރިއަށް ދާނީ މިމަހު 19 ވަނަ ދުވަހު 16:00 އިން 18:00 އަށެވެ.

ޓެގްސް: ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.