ދޯހާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ކައުންޓްޑައުން ގަޑި ކުރިމަތީގައި އާޖެންޓީނާގެ ސަޕޯޓަރުން އުފާފާޅުކުރަމުން އަންނަ މަންޒަރު

ހަބަރު

ވޯލްޑްކަޕް، އާޖެންޓީނާގެ ގާތްގަނޑަކަށް 6،000 ސަޕޯޓަރުންނަށް ދަނޑުތަކަށް ވެދުން ގަތަރުން މަނާކޮށްފި

ރާނިއާ - އައްޑޫ އަތޮޅު | 9 ނޮވެންބަރު 2022 , ބުދަ 12:50   320

ގަތަރުގެ ވޯލްޑް ކަޕް ދަނޑުތަކަށް ވަނުން މަނާ އާޖެންޓީނާގެ 6،000 މީހުންގެ ލިސްޓުގައި، ގަވާއިދާ ޙިލާފު ޖަމިއްޔާތަކުގައި ބައިވެރިވާ އަނިޔާވެރި ސަޕޯޓަރުންނާއި، ކާބޯތަކެއްޗަށް ދައްކަންޖެހޭ ފައިސާއަށް ދަރަނިވެރިވެފައިވާ މީހުން ހިމެނޭކަމަށް ބުއެނޮސް އައިރެސް ސިޓީ ސަރުކާރުން ހޯމަ ދުވަހު ވަނީ ބުނެފައެވެ.

"އަނިޔާވެރި މީހުން މިތާނގައި، ގަތަރުގަ އެބަތިބި. އަހަރުމެން ބޭނުންވަނީ ފުޓްބޯޅައަށް އަލުން ހަމަޖެހުން ގެންނަން. އަނިޔާވެރި މީހުން ތިބޭނީ ދަނޑުތަކުގެ ބޭރުގައި"، އެ ސިޓީގެ ޖަސްޓިސް އެންޑް ސެކިއުރިޓީ މިނިސްޓަރު މާސެލޯ ޑި އަލެސާންޑްރޯ ލޯކަލް ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އަބަދުވެސް ވޯލްޑް ކަޕްތަކުގައި ކަންކުރާ ފަދައިން، ގަތަރުގެ ސަލާމަތީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް (އެގައުމުގެ) އެކި ފުލުހުންގެ އިދާރާތަކުގެ ވަފުދުތައް ފޮނުވާނެ ކަމަށްވެސް ޑި އެލެސާންޑްރޯ ވަނީ ވިދާޅުވެފައެވެ.

އާންމުކޮށް އަނިޔާވެރި ސަޕޯޓަރުން ކަމަށްވާ ނަން މަޝްހޫރު "އާޖެންޓީން ހޫލީގަންސް" ވޯލްޑް ކަޕް ދަނޑުތަކަށް ނުވެދޭނެކަމަށް ޖޫން މަހު ގައުމީ އާޖެންޓީނާގެ ސަލާމަތީ މިނިސްޓްރީއިން ވަނީ ގަތަރުގެ އެމްބަސީއާ އެކު އެއްބާރުލުމުގެ އެއްބަސްވުމެއްގާއި ސޮއިކޮށްފައެވެ.

ދަނޑުތަކަށް ވަނުން މަނާކޮށްފައިވާ އާޖެންޓީނާގެ 6،000 މީހުންގެ ތެރެއިން ޑި އެލެސާންޑްރޯ ވިދާޅުވީ 3،000 އެއްހާ މީހުންނަކީ ލޯކަލް ލީގު މެޗުތަކުގައި ވެސް ބައިވެރިވުމުގެ ހުއްދަ ނުލިބޭ "ބަރާބްރަވާސް" ކަމަށެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.