މާކް ޒަކާބާގް އަދި އަންހެނުން ޕްރިސިލާ ޗެން

ހަބަރު

މާކް ޒަކާބާގްއާއި ޕްރިސިލާ ޗެން ސެން ފްރެންސިސްކޯ ގެ 31 މިލިއަން ޑޮލަރަށް ވިއްކާލައިފި

ރާނިއާ - އައްޑޫ އަތޮޅު | 9 ނޮވެންބަރު 2022 , ބުދަ 15:38   256

މަޝްހޫރު ސޯޝަލްމީޑިއާ ފޭސްބުކްގެ ފައުންޑާރ، މާކް ޒަކާބާގް އާއި ޕްރިސިލާ ޗަން، ސެން ފްރެންސިސްކޯގެ ގެއެއް، 31 މިލިއަން ޑޮލަރަށް ވިއްކާލާއިފި 'އޮފް-މާކެޓް' ޑީލެއްގައި ވިއްކާލާއިފި ކަމަށް އެ އާއިލާގެ ތަރުޖަމާނަކު ވަނީ ކަށަވަރުކޮށްދީފައެވެ.

މި ޑީލަކީ މިއަހަރުގެ މިހާތަނަށް ސެން ފްރެންސިސްކޯގެ އެންމެ އަގުބޮޑު ރިއަލްއެސްޓޭޓް ސޭލް ކަމަށް ޒިލޯ އިން ވަނީ ބުނެފައެވެ. 1928 ވަނަ އަހަރު ބިނާކުރި 7،386 އަކަފޫޓުގެ މި ގެއަކީ ހަތަރު ކޮޓަރިއާއި ހަތަރު ފާޚާނާ ހުންނަ ގެއެކެވެ. އަދި އެ ގެ ހުންނަނީ މިޝަން ޑިސްޓްރިކްޓާއި ޑޮލޯރެސް ހައިޓްސް އަވަށްތަކުގެ އަރިމަތީގައެވެ.

ޖުލައި 1 ވަނަ ދުވަހު ސޭލް ބަންދުކުރި ނަމަވެސް އެ މުއާމަލާތުގެ މަޢްލޫމާތު ޢާއްމުވެފައިވަނީ އަދި ކިރިޔާއެވެ.

ޕްރޮޕަޓީޝާކްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ފޭސްބުކް އަދި މެޓާގެ ކޯ ފައުންޑަރު، 38، އާއި އޭނާގެ އަންހެނުން 37، 2012 ވަނަ އަހަރު 10 މިލިއަން ޑޮލަރަށް ވުރެ ކުޑަ އަގެއްގައެވެ.އަދި އެ ގެ ގަނެފާއިވަނީ ކެލިފޯނިއާގެ ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއް ކަމަށްވާ އެސްއެފްއާރުޕީ މެދުވެރިކޮށެވެ. އެސްއެފްއާރުޕީގެ ފަރާތުން ވިއްކާ ފަރާތާއި ގަންނަ ފަރާތާ ދެމެދު އޮންނަ ގްރާންޓް ޑީޑެއްގާއި ސޮއިކުރެއްވީ ޗާން ޒުކަބާގް އިނިޝިއޭޓިވް އޮޕަރޭޝަންސްގެ ނައިބު ރައީސް ނަޢީމް ސަލާމެވެ.

މިގެ ގަނެފައިވާ ފަރާތަކީ ޑެލަވޭއާގާއި ހުންނަ ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއް ކަމަށް ޕްރޮޕަޓީޝާކް ކަމަށް ރެކޯޑްތަކުން ދައްކައެވެ. މެންޝަން ގްލޯބަލްއަށް ގަތް މީހާގެ އިތުރު މައުލޫމާތެއް ލިބިފައި ނެތެެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.