މިދިޔަ މަހަކީ އެމެޒޯނުން އެ ކުންފުނީގެ ތާރީހުގައި ވެސް ޗުއްޓީ މޫސުމެއްގައި އާމްދަނީ މިހާ ދަށްވި އަހަރu

ހަބަރު

އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފާއިވާ ފުރަތަމަ ޕަބްލިކް ކުންފުންޏަކަށް އެމޭޒަން ވެއްޖެ

ރާނިއާ - އައްޑޫ އަތޮޅު | 13 ނޮވެންބަރު 2022 , އާދީއްތަ 12:10   204

ފާއިތުވި ދިޔަ އަހަރު އެމޭޒަން ކުންފުނީގެ ހިއްސާތަށް ވަނީ އަދި މިހާތަަނަށް ފެނިފާއި ނުވާވަރަށް ދަށްވެފައެވެ. ތަކެތީގެ އަގު އުފުލެމުން ދިއުމާއި، މަނިޓަރީ ޕޮލިސީތައް ހަރުކަށިވުމާއި، އާމްދަނީ ދަށްވުމަކީ ހިއްސާތައް ދަށްވުމުގާއި ބޮޑު ރޯލެއް އަދާކޮށްފާއިވާ ކަންކަމެވެ.

2021 ވަނަ އަހަރުގެ މޭއި މަހު ޕީކް މާކެޓް ކެޕިޓަލައިޒޭޝަން 1.88 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، 2022 ވަނަ އަހަރު އެމޭޒަން ގެ އަގު ވަނީ 878.77 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ. އަދި މިއާއިއެކު އެމެޒޯންއަކީ އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ފުރަތަމަ ކުންފުނިކަމަށްވެސް ވެގެންދެއެވެ.

މި އޮކްޓޯބަރު މަހަކީ އެމޭޒަން އިން ތާރީހީ ގޮތެއްގާއި ކްރިސްމަސް ދުވަސްވަރުގާއި ލިބިފައިވާ އާމްދަނީ އެންމެ މަދުން ލިބިފާއިވާ އަހަރެވެ. އިގްތިސާދީ ޔަގީންކަން ނެތް މިދުވަސްވަރުގައި ވިޔަފާރިކުރާ މީހުން އެއްޗެހި ގަތުމަށް ފަސްޖެހުމަކީ މިކަމަށް ބޮޑު އަސަރުތަކެއް ކޮށްފާއިވާ ކަމެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ އިން މި އަހަރު ހޭދަކޮށްފާއިވަނީ އީ-ކޮމާސްގެ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހިފާއިވުމާއެކު ވިޔަފާރިކުރާ މީހުން ކޮވިޑު-19 ގެ ކުރިން ގެންގުޅުނު އާދަތަކައް އަލުން ހޭނުމަށެެވެ. ވިއްކުން މަޑުޖެހި، ހަރަދުތައް ބޮޑުވެ، އިންޓަރެސްޓް ރޭޓް މަތިވެފާއިވުމަކީ އެ ކުންފުނީގެ ހިއްސާ ވަނީ ގާތްގަނޑަކަށް 50 އިންސައްތައަށް ދަށަށް ގޮސްފައެވެ.

އަހަރު ފެށުނު ފަހުން ކޯ ފައުންޑަރ ޖެފް ބެޒޯސްގެ އެސެޓްތައް ވަނީ ގާތްގަނޑަކަށް 43 އިންސައްތައަށް ދަށްވެ، 109 ބިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް ބްލޫމްބާގުން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓެގްސް: އެމޭޒަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.