ެަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދް ސޯލިޚް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ހަބަރު

ރާއްޖެ-ޖަޕާން ގުުޅުމަށް 55 އަހަރު

ރާނިއާ - ދިވެހި ރާއްޖެ | 15 ނޮވެންބަރު 2022 , އަންގާރަ 14:23   301

ރާއްޖެއާއި ޖަޕާނާއި ދެެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވަނީ 14 ނޮވެމްބަރ 1967 ވަނަ އަހަރުގައެވެ. ދިވެހިރާއްޖެ އާއި ޖަޕާނުގެ ސިޔާސީ ގުޅުމަށް 55 އަހަރު ފުރުމުގެ މުނާސަބަތުގާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދް ސޯލިޚް ވަނީ ޖަޕާނުގެ އެމްޕެރާރ ނަރުހިޓޯ އަދި ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާއަށް ވަކިވަކިން ތަހުނިއްޔާއާއި ހެޔޮއެދުންތަކުގެ މެސެޖުތައް ފޮނުއްވާފައެވެ.

ނަރުހިޓޯއަށް ފޮނުއްވާފައިވާ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނަކީ ރާއްޖެ ތަރައްގީ ކުރުމުގާއި އެންމެ އިތުބާރުކުރެވޭ ބައިވެރިވެރިން ތެރޭގައި ހިމެނޭ އެއް ގައުމުކަމަށް ޖަޕާނުން ވަނީ ސާބިތުކޮށްދީފައި ކަން ފާހަގަކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖޭގެ އިޖްތިމާއަށާއި އިގްތިޞާދު ކުރިއެރުމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިންގެ ކުރިއެރުމަށާއި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ބޮޑު ވަޒީރު ކިޝީޑާއަށް ފޮނުއްވި މެސެޖުގާއި ވަނީ ފާއިތުވެދިޔަ އަހަރުތަކުގާއި ޖަޕާންއާއި ރާއްޖޭގެ ގުޅުން ކުރިއަރާފައިވަނީ ޑިމޮކްރަސީއާއި، ސުލްޙައާއި އިންސާނީ ހައްގުތަށް ރައްކާތެރިކޮށްދިނުމަށް ދެ ޤައުމުންވެސް ދެމުން އަންނަ އަހައްމިއްޔަތުކަމުގެ އިތުރުން، ހުރިހާ ދާއިރާއަކުން ލިބޭ ތަރައްގީގެ މަންފާތައް މުޖުތަމަޢުގެ ހުރިހާ ބަޔަކަށްވެސް ފޯރުކޮށްދިނުމަށް ދޭ އިސްކަމަށް ބިނާކޮށް ކަމަށް ބުނެފައެވެ. އަދި ޖަޕާނާއި ރާއްޖޭގެ ރައްޔިތުންގެ ގުޅުމަކީވެސް ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅު ކޮށްދީފައިވާ ކަމެއް ކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މެސެޖު ނިންމާފައިވަނީ ދެގައުމުން ވެސް އިތުރު ގުޅުންތައް ގާއިމްކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވަމުންނެވެ.

ޓެގްސް: ޖަޕާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.