ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަން ފްލައިޓެއް ފުރަން ތައްޔާރުވެފައި

ހަބަރު

ފެބްރުއަރީ 22 ގެ ފަހުން، އެތެރޭގެ އުދުހުންތަކަށް މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްތައް ބޭނުންކުރެވޭނެ

ރާނިއާ - ދިވެހި ރާއްޖެ | 23 ނޮވެންބަރު 2022 , ބުދަ 10:20   251

އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކަށް މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްތައް ބޭނުން ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިއުރިޓީ ޙުސެއިން ނަޒީފް ސޮއިކުރައްވާ ރާއްޖޭގެ އެއަރޕޯޓް އޮޕަރޭޓަރުންނާއި، ލޯކަލް އެއަރލައިން އޮޕަރޭޓަރުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ފޮނުވި ސަރކިއުލަރ އަކުންނެވެ. އަދި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކާކުކަން ދެނެގަތުމަށްޓަކާ ބަލައި ގަންނަންވާނީ މުއްދަތު ހަމަނުވާ ލިޔެކިޔުންތަކެވެ.

ކޮވިޑް- 19ގެ ޕެންޑެމިކާއި ގުޅިގެން އައިޑެންޓިފިކޭޝަން ލިޔުންތައް ހޯދުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން މި ދަތިތަކުން ފަސޭހަކޮށް ދިނުމުގެ ގޮތުން މިފަދަ ލިޔުންތަކުގެ މުއްދަތު ހަމަވެފައިވި ކަމުގައި ވިކަމުގައިވިޔަސް، އޭގާއި ހިމެނޭ މައުލޫމާތު ސާފުކޮށް އިނގެން ހުރި ކަމުގައި ވާނަމަ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކަށް ޓިކެޓް ގަތުމަށާއި، އެއަރލައިނަށް ޗެކް-އިން ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކާ އެލިޔެކިޔުންތައް ބޭނުންކުރެވޭގޮތަށް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ވަނީ ހަމަޖައްސާ ދީފައެވެ.

މިގޮތުން މުއްދަތު ހަމަވެފައިވާ އައިޑީ ކަޑާއި، ޕާސްޕޯޓާއި، ވަރކް ވިސާ ކަޑާއި، ލައިސަންސް ކަޑާއި، އެއަރޕޯޓް ސެކިއުރުޓީ ފާސް އަދި ސަރުކަރުގެ އިދާރާއަކުން ދޫކޮށްފަވާ ފޮޓޯ އަދި އައިޑީ ކާޑް ނަންބަރުޖެހި ރަސްމީ ލިޔުން ބޭނުންކޮށްގެންވެސް އެތެރޭގެ ދަތުރުތައް ކުރެވޭނެގޮތް އޭރު ވަނީ ފަހިކޮށްދީފައެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު މިހާރު ރަނގަޅުވެފައި ވުމުން ޑިފެންސް މިނިސްޓްރީއިން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ.

ޓެގްސް: ވައިގެ ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.