180 އަށް ވުރެ ގިނަ ގައުމުގެ 2 ބިލިއަނަށް ވުރެ ގިނަ މީހުން ރައްޓެހިންނާއި އާއިލާއާއި ވާހަކަދެއްކުމަށް ވަޓްސްއެޕް ބޭނުން ކުރޭ

ހަބަރު

ވަޓްސްއެޕް، 500 މިލިއަނެއްހާ އެކްޓިވް ޔޫޒާސްގެ ފޯނު ނަންބަރު ވިއްކަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި

ރާނިއާ - އައްޑޫ އަތޮޅު | 30 ނޮވެންބަރު 2022 , ބުދަ 17:49   216

ގާތްގަނޑަކަށް 500 މިލިއަން ވަޓްސްއެޕް ބޭނުންކުރާ މީހުންގެ ފޯނު ނަންބަރުތައް ޑާކް ވެބްގައި ވިއްކަމުން އެބަދެއެވެ. އަދި މި ޑޭޓާ ހެކް ކުރާ ފޮރަމަކުން ވެސް މިހާރު ފެނިގެން އެބަދެއެވެ.

އެންކްރިޕްޓް މެސެޖުތަކާއި ޒަމާނީ ސެކިއުރިޓީ ފޯރަމް ވަޓްސްއެޕްގައި ހުރި ނަމަވެސް، އެ ޑޭޓާ ހެކް ކުރި މީހާ ހޯދި ގޮތެއް އަދިވެސް ކަނޑައެޅިފައެއް ނުވެއެވެ.

ވަޓްސްއެޕްގައި ގާތްގަނޑަކަށް 2 ބިލިއަން ޔޫޒަރުން ތިބިއިރު އޭގެ ތެރެއިން 487 މިލިއަން ޔޫޒަރުންގެ ޑޭޓާ އެމެރިކާ، އިނގިރޭސިވިލާތް، ތުރުކީ، އަދި ފްރާންސް ހިމެނޭ ގޮތަށް 84 ގައުމެއްގެ ޑޭޓާ ވިއްކަން ފަށާފައިވާ ކަމަށް ސައިބަރ ނިއުސްގެ ރިޕޯޓެއްގައިވެއެވެ. ހަމައެހެންމެ ލީކުވެފައިވާ ޑޭޓާއަކީ އެކްޓިވް ޔޫޒަރުންގެ ޑޭޓާ ކަމަށްވެސް އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.

އެ ވިއްކާ ފަރާތް ޕޯސްޓް ކުރި ގޮތުގައި އެމެރިކާއިން 32 މިލިއަން ޔޫޒަރުންނާއި، އިނގިރޭސިވިލާތުން 11 މިލިއަން ޔޫޒަރުންނާއި، ރަޝިޔާގެ 10 މިލިއަން ޔޫޒަރުން އަދި އިންޑިއާގެ ހަ މިލިއަން ރަޖިސްޓްރީކޮށްފައިވާ ޔޫޒަރުންގެ ފޯނު ނަންބަރުތަކަށް ވަނީ ނުރައްކާ ކުރިމަތިވެފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާގެ ޑޭޓާސެޓްގެ އަގަކީ ގާތްގަނޑަކަށް 7،000 ޑޮލަރު އަދި އިނގިރޭސިވިލާތުގެ އަގަކީ 2،500 ޑޮލަރެވެ.

ސައިބަރނިއުސް އިން މިމައުލޫމާތު ޔަގިންކުރުމުގެ ގޮތުން ހެކް ކުރި މީހާއާއި ގުޅައިގެން ހެކި ދެއްކުމަށް އެދުމުން، ހެކް ކުރި މީހާ ވަނީ އިނގިރޭސިވިލާތުން 1000 އަށް ވުރެ ގިނަ ޔޫޒަރުންގެ ނަމްބަރުތައް ހެއްކެއްގެ ގޮތުގައި ފޯރުކޮށްދީފައެވެ.

ވަޓްސްއެޕް ބޭނުންކުރާ މީހުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ނޭނގޭ ނަންބަރަކަށް ނުވަތަ މެސެޖުތަކަށް ޖަވާބު ނުދޭށެވެ. ސަބަބަކީ ހެކަރުން ސްމިޝިންގ އާއި ވިޝިންގ މެދުވެރިކޮށް މައުލޫމާތު ހޯދަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.