އަލަށް އުފަންވާ ކުދިން ހޮސްޕިޓަލުގައި

ހަބަރު

ޢަލަށް އުފަންވާ ކުދިން ހަފްތާއެއް ތެރޭ ރެޖިސްޓްރީ ނުކޮށްފިނަމަ 10،000 ރުފިޔާއިން ޖޫރިމައިނާ ކުރާނެ

ރާނިއާ - ދިވެހި ރާއްޖެ | 29 ނޮވެންބަރު 2022 , އަންގާރަ 12:21   262

އަލަށް އުފަންވާ ކުދިން ހަފްތާއެއް ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ 10،000 ރުފިޔާ ޖޫރިމައިނާ ކުރެވިގެން ދާނެ ބިލް މަޖިލީހުން ވަނީ ހޯމަ ދުވަހު ފާސްކޮށްފައެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅި އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ މި ބިލް ފާސް ކުރެވިފައިވަނީ މަޖިލީހުގެ ގައުމީ ތަރިކަ އާއި ތަރައްގީގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމެޓީ ގުޅިގެން ދިރާސާކުރުމަށް ފަހު 52 މެންބަރުނެގެ ތާއިދާ އެކުގައެވެ.

މިބިލުގައި ބުނެފައިވަނީ ކުއްޖާ އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމު ފުރުމަށްފަހު އެ ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

އަދި ހަމަ އެހެންމެ ރާއްޖެގާއި ދިރިއުޅޭ ރައްޔިތަކަށް ރާއްޖެއިން ބޭރުގާއި ވިހާ ކުދިން ރާއްޖެއަށް އެނބުރި އަންނަތާ ހަ ދުވަހުގެ ތެރޭގައި މި ފޯމް ހުށަހަޅަން ޖެހޭނެއެވެ. މިއާއެކު ރާއްޖެއިން ބޭރުގާއި އުޅެމުންދާ ދިވެހި ރައްޔިތަކަށް އުފަން ކުއްޖެއް ނަމަ އެކުއްޖާ އުފަންވި ރަށަށް ރަޖިސްޓްރީ ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރެޖިސްޓްރީ ކުރުމަށް ފޯމް ހުށަހަޅަން ޖެހޭނެއެވެ. އަދި މިކުދިން އުފަންވާ ދުވަހުން ފެށިގެން ހަ މަސް ދުވަހު ތެރޭގައި އުފަން ދުވަހުގެ ސެޓިފިކެޓް ހެދުންވެސް ވަނީ މި ބިލުގައި ލާޒިމް ކުރައްވާފައެވެ.

ބިލް ފުރަތަމަ ހުށަހެޅި އިރު އޮތީ މި މުއްދަތުގައި ރަޖިސްޓްރީ ނުކޮށްފި ނަމަ 10،000 ރުފިޔާގެ ޖޫރިމައިނާ ކުރެވިގެން ދާނެ ކަމަށެވެ. ނަމަވެސް ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ޖޫރިމައިނާ ކުރެވޭނީ ރަޖިސްޓްރީ ނުކުރެވުނު ސަބަބު ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ވަނީ އިސްލާހު ކޮށްފައެވެ.

ބިލުގެ އިތުރު ސަފްސީލުތައް

  • ފޫޅުމާ ފޯމު ގައި ބައްޕައަށް ސޮއިކުރެވެން ނެތް ހާލަތުގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށްވެސް ސޮއިކުރެވޭނެ ހާލަތެއް ނެތް ނަމަ ބެލެނިވެރިޔާއަށް ސޮއިކުރެވޭނެ.
  • ރަށް ނުވަތަ ސިޓީ ކައުންސިލުން އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފުތަރެއް ބެލެހެއްޓުން.
  • ސިއްހީ ހިދުމަތްދޭ މަރުކަޒަކުން މަރު ސާބިތުކުރުމަށް ފަހު، މަރުވި މިހާގެ ވާރިސުން އެކަން ލަސްނުކޮށް ކައުންސިލަށް އެންގުން.
  • ފޫޅުމާ ފޯމު، އުފަންދުވަހުގެ ސެޓްފިކެޓް، މަރު ފޯމް އަދި އައިޑީކާޑަށް ސައްހަަ ނޫން ބަދަލެއް ގެނެސްފި ނަމަ، އާންމު މީހަކު 10،000ރ. އާއި 15،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
  • އެފަދަ އަމަލެއް ކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
ޓެގްސް: ތަފާސްހިސާބު ޤާނޫނުތަކާއި ޤަވާޢިދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.