ޖިއާންގް ޒަމިން ވެރިކަމަށް ވަޑައިގަތީ ޓިއަނަމެން ސްކުއާގެ މުޒާހަރާތަކަށް ފަހު

ހަބަރު

ޖިއާންގް ޒަމިން: ޗައިނާގެ ކުރީގެ ލީޑަރު އުމުރުން 96 އަހަރުގައި މަރުވެއްޖެ

ރާނިއާ - އޭޝިއާ | 2 ޑިސެންބަރު 2022 , ހުކުރު 11:59   197

ޖިއަންގް ޒަމިން މަރުވެފައިވަނީ މެންދުރު 12 ޖަހާއިކަށް ހާއިރު (04:00 ޖީއެމްޓި) ޝަންގްހައިގައި ކަމަށް ދައުލަތުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޖިއަންގްގެ ރިޔާސަތަކީ ޗައިނާ ފުޅާ ދާއިރާއެއްގައި ހުޅުވި، ބާރު ސްޕީޑްގައި ކުރިއެރުން ފެނުނު ދުވަސްވަރެކެވެ.

ޗައިނާގެ ކޮވިޑް ރިސްޓްރިކްޝަންތަކާއި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކުރަމުންދާއިރު، ކުރީގެ ލީޑަރު މަރުވެފައިވަނީ ޓިއަނަމެންއަށް ފަހު އެންމެ ސީރިއަސް މުޒާހަރާތައް ޗައިނާގައި ކުރިއަށް ދަމުން އައިސްފައިވާ ދުވަސްވަރުގައެވެ.

އޭނާ މަރުވެފައިވަނީ ލިއުކީމިއާގެ އިތުރުން ގިނަ ގުނަވަންތައް ފޭއިލް ވުމުގެ ސަބަބުން ކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

ޖިއަންގް އަކީ "މަތީ ޝަރަފެއް ލިބިފައިވާ ފާހަގަކޮށްލެވޭ ލީޑަރެއް" ކަމަށާއި އަދި "ގިނަ ދުވަސްތަކެއް ވަންދެން އިމްތިހާނު ކުރެވިފައިވާ ކޮމިއުނިސްޓް ހަނގުރާމަވެރިއެއް" ކަމުގައި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެ އެވެ.

ގްލޯބަލް ޓައިމްސް އާއި ޝިންހާ ނިއުސް އޭޖެންސީ ފަދަ ދައުލަތުގެ މީޑިއާތަކުން ވަނީ އެ މީޑިއާތަކުގެ ވެބްސައިޓްތައް ކަޅާއި ހުދުކުލައަށް ހިތާމާއިގައި ބައުވެރިވުމުގެ ގޮތުން ބަދަލުކޮށްފަ އެވެ.

ސްޓޭޓް ބްރޯޑްކާސްޓަރު ސީސީޓީވީއިން ވަނީ 1989 ވަނަ އަހަރު ބޭއިޖިންގެ ޓިއާނަމެން ސްކުއާ މުޒާހަރާތަކުގެ ލޭއޮހުރުވުންތަކައް ފަހު ޗައިނާގެ ކުރިއެރުމަށް ޖިއަންގްގެ ދައުރަށް ވަނީ ތައުރީފުކޮށްފައެވެ.

މި ހާދިސާތަކަށް ފަހު ބައިނަލްއަގްވާމީ ގޮތުން ޗައިނާ ބާކީ ކުރެވިގެންދިޔައެވެ. އަދި ކޮމިއުނިސްޓް ޕާޓީގެ އެންމެ މަތީގައި ތިބި ހަރުކަށި ރިއެކްޝަނަރީންނާއި އިސްލާހީ ފަރާތްތަކުގެ މެދުގައި ހިތި ބާރުގެ ހަނގުރާމައެއް ފެށިގެންދިޔައެވެ.

މިކަމުގެ ސަބަބުން ކުރިން އާންމު ބިއުރޯކްރެޓެއްގެ ގޮތުގައި ދެކެވުނު ޖިއަންގް މަތީ މަގާމަކާއި ހަވާލު ކުރެވިގެންދިޔައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނާއި ލިބަރަލް މީހުން އެއްބައިވަންތަ ކުރައްވާނެ ކަމުގެ އުންމީދުގައި ޖިއަންގް 'ކޮމްޕްރޮމައިޒް' ލީޑަރެއްގެ ގޮތުގައި ހޮވިގެންދިޔައެވެ.

ޖިއަންގްގެ ބާރުގެ ދަށުގައި ޗައިނާގައި ހަރުކަށި އިގްތިސާދެއް އުފެދި، ކޮމިއުނިސްޓުންގެ ބާރުގެ ހިފަހެއްޓުން ވަރުގަދަކޮށް، ދުނިޔޭގެ ބާރުތަކުގެ އެންމެ މަތީ މޭޒުގައި ޗައިނާގެ ޖާގަ ކަށަވަރުވެގެންދިޔައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.