ފެއާ ފަށައިފައި ވަނީ އިއްޔެ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި

ހަބަރު

އެޗްޑީސީގެ ސްމާޓްކޮމް ފެއާ ހުޅުމާލޭގައި ފަށައިފި

ރާނިއާ - ކ. މާލެ | 1 ޑިސެންބަރު 2022 , ބުރާސްފަތި 11:59   223

ހުޅުމާލެ ޒަމާނީ ޓެކްނޮލޮޖީއާއި އަހުލުވެރި ތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީއިން ވަނީ މިއަދު 'ސްމާޓްކޮމް' ފެއާއެއް ބާއްވާފައެވެ. މިފެއާގައި އުރީދޫ، މީޑީއާނެޓު، ބީއެމްއެލް، ދިރާގު އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ޕެންޝަން އޮފީސް ހިމެނޭ ގޮތަށް މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ބޭންކިންއާއި ޓެކް ހިދުމަތް ފޯރުކޮށްދޭ 27 ކުންފުނިއަކުން ވަނީ ބައިވެރިވެފައެވެ.

މިފެއާ ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގެ ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ އެޕްލިކޭޝަންތަކާއި، ވެބްސައިޓްތަކާއި، އެހެނިހެން ޑިޖިޓަލް ސައިޓްތަކަށް މީހުން އަހުލުވެރި ކުރުވުމާއި އޭގެ ބޭމނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަފައެވެ.

މިފެއާގައި ކުންފުނިތަކުގެ ސްޓޯލްތަކުން ވަނީ އެކުންފުނިތަކުންދޭ އޮންލައިން އެކި އެކި ހިދުމަތްތަކާއި ބެހޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައެވެ.

ފެއާ ފަށާފައިވަނީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އަަދި މިފެއާއަކީ ހުޅުމާލެ ސްމާޓް ސިޓިއަކަށް ހެދުމުގެ ގޮތުންނާއި ސްމާޓްކޮމް ބްރޭންޑަށް އެއް އަހަރު ފުރުމުގެ މުނާސަބުތުގައި ބާއްވާ ފެއާއެއްވެސް މެއެވެ. ފެއާ ހުޅުވައިދެއްވާފައި ވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ހުޅުމާލެއަކީ ޓެކްނޮލޮޖީއާއި އަހުލުވެރި ސިޓީއަކަށް ހެދުމުގެ ގޮތުން ގިނަ މަސައްކތްތަކެއް ކުރިއަށްދާ ކަމަށް އެޗްޑީސީގެ ޗީފް ކޮމާޝަލކް އޮފިސަރ އަހްމަދް ނަޒީފް ވިދާޅުވިއެވެ. މިގޮތުން ހުޅުމާލޭގައި ގާއިމްކުރެވިގެންދާ އާ ޓެކްނޮލޮޖީތައް ވެސް ނަނީ ފެއާގެ ތެރެއިން އިފްތިތާހުކޮށްފައެވެ.

ހުޅުމާލޭގެ އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރުމުގެ ފޮއިންޓްތައް ހެދުމުގެ މަސައްކަތްތަކެއް ވެސް އެޗްޑީސީއިން އަންނަނީ ކުރަމުންނެވެ. އަދި މިހާރު މި ޕްރޮޖެކްޓްއާއި ހަވާލުވުމުގެ ފުރުސަތުވެސް އެޗްޑީސީއިން ވަނީ ހުޅުވާލާފައެވެ.

ޓެގްސް: އެޗްޑީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.