އެވިއަން އިންފްލުއެންޒާ ނުވަތަ ދޫނި ރޯނގާ އަކީ ، އެވިއަން އިންފްލުއެންޒާ ޓައިޕް އޭ ވައިރަސް ޖެހިގެން ޖެހޭ ބައްޔެއް

ހަބަރު

ނުރައްކާތެރި ގޮތަކަށް އެމެރިކާގައި ދޫނި ރޯނގާ ފެތުރެނީ

ރާނިއާ - އެމެރިކާ | 10 ޑިސެންބަރު 2022 , ހޮނިހިރު 11:11   126

އެމެރިކާގައި މީގެ ކުރިން ނުފެންނަ ފަދަ ޕޯލްޓްރީ (ދޫނީގެ ބިސް، މަސް އަދި ފިޔަތަށް ހާވެސްޓް ކުރުމަށް ގެންގުޅޭ ދޫނި) ސިއްހީ ކާރިސާއެއް ތަހައްމަލު ކުރަމުންދާއިރު، ވަރަށް ބޮޑަސް ފެތުރިފައިވާ ދޫނި ރޯނގާގެ ސަބަބުން ގާތްގަނޑަކަށް 52.6 އިނސައްތަ ޕޯލްޓްރީގެ ބާވަތްތައް ވަނީ މަރުވެފައެވެ.

މިއީ 2014-2015 ގައި ދޫނި ރޯނގާ ފެތުރިގެން 50 މިލިަން ދުނި މަރުވެފައިވި ފަހުން ޕޯލްޓްރީ އިންޑަސްޓްރީއަށް ލިބިފައިވާ އެންމެ ބޮޑު ގެއްލުމެވެ. މި ބަލި މަޑުކަންވެސް ފެށިފައިވަނީ ފިނި މޫސުމުގައެވެ. ނަމަވެސް މި އުނދަގުލުން ޖެހިގެން އައިއަހަރުގެ ޖޫން މަހުން ސަލާމަތްވި ކަމުގައި ވިޔަސް މިހާރު ފެތުރެމުންދާ ބަލިމަޑުކަން ހޫނު މޫސުމުގެ ތެރެއިން ދެމިގެން ގޮސް އަނެއްކާވެސް ވަނީ އާ ހަމަތަކަށް ގޮސްފައެވެ.

ބައެއް ދޫނިތައް ދޫނި ރޯނގާގެ ސަބަބުން މަރުވެފައިވި ކަމުގައި ވިޔަސް، ގިނަ ދޫނި މަރުވެފައި ވަނީ ފްލޮކް ޑީޕޮޕިއުލޭޝަން' ގެ ސަބަބުންނެވެ. ފްލޮކް ޑިޕޮޕިއުލޭޝަން އަކީ ވައިރަސް ހުއްޓުވުމުގެ ގޮތުން ބަލި ޖެހިފައިވާ ދުނިތަކާއި ކޮންޓެކްޓް ވެފައިވާ ދޫނިތައް ވެސް މަރާލުމެވެ. މީގެ ތެރޭގައި ކުކުޅު ކޮށިތަކާއި، ގެ ބިށްދޮށުގާއި މަހާއި ބިސް ނެގުމުގެ ގޮތުން ގެންގުޅެފައިވާ ކުކުޅު ތަކާއި ޓާކީ ވެސް ހިމެނެއެވެ.

އިންފްލުއެންޒާ ވައިރަހަކީ ވަލު ފެނުގައި ދިރިއުޅޭ ދޫނިތަކުގައި އާންމު އެއްޗަކަށް ވެފައި ވާއިރު، ގިނަ ފަހަރު މި ދޫނިތަކުގެ ކިބައިން މި ބަލީގެ އެއްވެސް އަލާމާތެއް ފެނިގން ނުދެއެވެ.

އޭވިއަން އިންފްލުއެންޒާ ވައިރަހަކީ އެ ބަލި ޖެހޭ ކުކުޅުތަކުގެ ގިނަ ގުނަވަންތަކަށް އަސަރު ކުރާ، އަދި ބަލި ޖެހޭ ކުކުޅުތަކުގެ 90 އާއި 100 އިންސައްތަ ކުކުޅުތައް 48 ގަޑިއިރު މަރުވާ ބިރުބޮޑު ބަލިއެކެވެ. ނަމަވެސް އަސްދޫނީގެ ކިބައިން މި ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައި ދާނެކަމަށް އެކަށީގެންވެއެވެ.

އިންސާނަކަށް އޭވިއަން އިންފްލުއެންޒާ ޖެހުމަކީ ވަރަށް މަދުުން ދިމާވާ ކަމެކެވެ. އޭވިއަން އިންފްލުއެންޒާ އޭ (އެޗް5އެން1) ވައިރަސް ޖެހިފައިވާ މީހެއްގެ ފުރަތަމަ އެމެރިކާ ކޭސް ފެނިފައިވަނީ އޭޕްރީލް މަހު ކޮލޮރާޑޯއިންނެވެ. ގައިގައި ވަރު ބަލިކަން ކުޑަ ދުވަސްކޮޅެއް ވަންދެން ހުރެފައި އެމީހާ ވަނީ ރަނގަޅުވެފައެވެ.

ރަނގަޅަށް ބަލަހައްޓާ ނަމަ މިބަލިއަކީ ކާބޯތަކެއްޗަށް ހާއްސަ ނުރައްކަލެއް އޮތް ބައްޔެއް ނޫނެވެ. ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ޕޯލްޓްރީ ނުވަތަ ބިސް ކައްކާ އިރު 165 ޑިގްރީ ފެރެންހައިޓަށް ހޫނުކުރުމުން އޭގައި ހިމެނޭ ހުރހާ ބެކްޓީރިއާއައި ވައިރަސްއެއް (އެޗް5އެން1 ހިމެނޭ ގޮތަށް) މަރުވާނެއެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.