ރާއްޖެ އައި ފަތުރުވެރިންތަކެއް

ހަބަރު

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުންދަނީ އިންޑިއާ އަދި ރަޝިއާއިން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ޑިސެންބަރު 2022 , ހޯމަ 11:01   178

މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު އޭގެތެރެއިން އެންމެ ގިނަ ޢަދަދަކަށް މީހުން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ޒިޔާރަތް ކުރިމީހުންގެ ތެރެއިން 14.1 އިންސައްތަ މީހުންނަކީ އިންޑިއާއިން އައި މީހުންނެވެ. އެއީ ގާތްގަނޑަކަށް 211،000 މީހުންނެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން އައީ ރޫސީ ވިލާތުންނެވެ. އެޤައުމުން 12.2 އިންސަތަ މީހުންނާއި އެކު 183،000 މީހަކު އައިސްފައިވެއެވެ. ތިންވަނަ އަށް އޮތީ އިނގިރޭސި ވިލާތެވެ. އެއީ 10.8 އިންސައްތަ އާއިއެކު 162،000 މީހުންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެކުރިން ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނިމިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1.1 މިލިއަން މީހުންނެވެ. އެއީ 2019 ވަނަ އަހަރަށް ބަލާއިރު ދަށް ޢަދަދެކެވެ.

މިހިނގާ ޑިސެމްބަރު މަހަކީ ރާއްޖޭގެ ޓޫރިޒަމް އެންމެ ރަނގަޅުމަހެވެ. މިހާރު ވެސް ދުވާލަކު އެވްރެޖްކޮށް 5،000 އަށްވުރެ ގިނަ މީހުން ރާއްޖެ އެބަ އާދެއެވެ.

ޓެގްސް: ޓޫރިޒަމް ތަފާސްހިސާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.