ޔުނިސެފުން ބުނީ ޔަމަނުގެ ގާތްގަނޑަކަށް 2.2 މިލިއަން ކުދިންނަކީ ކާނާ ލިބުން ދަތި ކުދިންތަކެއް ކަމަށް

ހަބަރު

ޔަމަނުގެ ހަނގުރާމައިގައި 11،000 އަށް ވުރެ ގިނަ ކުދިން މަރުވެ، ނިކަމެތިވެފައި : އ.ދ.

ރާނިއާ - މެދުއިރުމަތި | 18 ޑިސެންބަރު 2022 , އާދީއްތަ 10:50   269

މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން ޔަމަނުގެ ދާޚިލީ ހަނގުރާމަ ގޯސްވި ފަހުން 11،000 އަށް ވުރެ ގިނަ ކުދިން މަރުވެފައި ނުވަތަ ނިކަމެތިވެފައިވާކަން އެނގޭ ކަމަށް އ.ދ. އިން ވަނީ ހޯމަ ދުވަހު ބުނެފައެވެ.

"މި ހަމަނުޖެހުމުގެ ހަގީގީ އަދަދު މާ ބޮޑުވުން އެކަށީގެންވޭ،" ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ދަތިކަމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ބެހޭ ގޮތުން ކުޑަކުދިންގެ އިދާރާ ޔުނިސެފް އިން ބުންޏެވެ.

"އެތައް ހާސް ކުދިންގެ ފުރާނަ ގެއްލިފައިވާއިރު، އިތުރު ލައްކަ ކުދިންނަށް ރައްކާތެރިވެވޭ ބަލިތަކުން ނުވަތަ ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވުމުގެ ނުރައްކާ އެބައޮތް،" ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސަލް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 2.2 މިލިއަން ޔަމަނުގެ ކުދިންނަށް ކާނާ ލިބުން ދަތިވެފައިވާއިރު، އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަކީ ފަސް އަހަރުން ދަށުގެ ކުދިންކަމަށްވާއިރު ގިނައީ ކޮލެރާ، މީސްލްސް އަދި ވެކްސިން ޖަހައިގެން ރައްކާތެރިކުރެވޭ އެހެން ބަލިތަކުގެ ނުރައްކާ އިންތިހާއަށް އޮތް ކުދިން ކަމަށް ކަމަށް ޔުނިސެފުން ބުނެ އެވެ.

ޔަމަނުގެ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ކަމަށް ވާއިރު ވަރަށް އަވަހަށް އީރާނުގެ ތާއީދު އޮތް ހޫތީ ބާޣީން ވެރިރަށް ސަނާ ހިފުމަށް ފަހު ޖެހިގެން އައި އަހަރު ސަރުކާރަށް ތާއީދު ކުރުމަށް ސައުދީއިން ސިފައިން ބޭނުންކޮށްގެން މަޖުބޫރު ކުރުވިއެވެ.

އޭގެ ފަހުން ލައްކައެއްހާ މީހުން މަރުވެފައިވަނީ މާރާމާރީގެ ސަބަބުން ނުވަތަ ނުސީދާ ގޮތެއްގައި ރައްކާތެރި ނޫން ބޯފެނާއި ބަލި ފެތުރުމާއި ބަނޑުހައިހޫނުކަމާއި އެހެނިހެން އަސަރުތަކުގެ ސަބަބުންނެވެ.

ޓެގްސް: މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.