އައްޑޫ އިކްވިޓޯރިއަލް ހޮސްޕިޓަލް

ހަބަރު

ކޮވިޑަށްފަހު އެންމެ ބޮޑަށް ޑެންގީ ފެތުރިފައިވަނީ މިއަހަރު

ރާނިއާ - ދިވެހި ރާއްޖެ | 14 ޑިސެންބަރު 2022 , ބުދަ 08:56   251

މިއަހަރުގައި މިމުއްދަތުގެ ތެރޭގައި އަރިދަފުސް ރޯގާއާއި ޑެންގީ ހުމުގެ ކޭސްތައް 2019 ވަނަ އަހަރުގެ މިމުއްދަތާއި ހަމައަށް ރިޕޯޓްކުރެވުނު ކޭސްތަކަށް ވުރެ ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން އަންނަނީ ރާއްޖޭގާއި ބަލިފެތުރިފއިވާ މިންވަރު ދެނެގަތުމުގެ އިތުރުން ބަލިތަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެ މަހަކު ރިޕޯޓު އާންމުކުރަމުންނެވެ. 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގައި ކޮވިޮޑް ފެތުރިފައިވުމާއެކު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޗްޕީއޭއަށް ރިޕޯޓްކޮށްފައިވާ އެހެން ބަލިތަކުގެ އަދަދު މަދެވެ. އެހެންކަމުން ތަފާސް ހިސާބުތައް އާންމު ކުރމުގައި އެޗްޕީއޭ އިން އަޅައިކިޔަނީ ކޮވިޑް ފެތުރުމުގެ ކުރިން 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކާއެވެ.

2019 ވަނަ އަހަރަށް ވުރެ މިއަހަރުގެ މިމުއްދަތުގައި އަރިދަފުސް އަދި ޑެންގީ ފެތުރިފައިވާ މިންވަރު އިތުރުކަމަށް ވާއިރު، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަރިދަފުސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ، 19853 މީހުންނެވެ. އަދި އެއަހަރުގެ ނޮވެމްބަރު މަހު އަރިދަފުސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 2056 މީހުންނެވެ. އެހެންކަމުން މިއަހަރު އޮކްޓޯބަރު މަހު އަރިދަފުސް ޖެހިގެން 31750 މީހުން ރިޕޯޓްކޮށްފައިވާއިރު، ނޮވެމްބަރު މަހު 30552 މީހުން ވަނީ އަރިދަފުސް ރޯގާ ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

މިއަހަރުގައި ރިޕޯޓްކުރެވިފައިވި ޑެންގީ ކޭސްތައްވެސް ހަމަ މިފަދައިން 2019 ވަނަ އަހަރަށްވުރެ އެވަރެޖްކޮށް ގިނައެވެ. 2019 އަހަރުގެ އޮކްޓޯބަރު މަހު 327 ކޭސް އަދި ނޮވެމްބަރުގައި 349 ކޭސްވަނީ ރިޕޯޓުކޮށްފައިވާއިރު މިއަހަރުގެ އޮކްޓޯބަރު މަހު 626 ކޭސް އަދި ނޮވެމްބަރު މަހު 280 ކޭސްވަނީ ރިޕޯޓުކޮށްފައެވެ.

މިއަހަރުގައި އަރިދަފުސްގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ރ.އަތޮޅާއި، ލ.އަތޮޅާއި، ނ.އަތޮޅުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިދެއެވެ. އަދި ޑެނބގީ ކޭސްތައް އެންމެ ގިނައީ .އަތޮޅާއި، އދ. އަތޮޅާއި ބ.އަތޮޅުގައެވެ.

މިއަހަރުގެ ބޮޕޑު ބައެއްގައި ވިއްސާރަވުމާއި އެކު އެހެން އަހަރުތަކަށް ވުރެ މިއަހަރުގައި މޫސުމީ ވިއްސާރާއިގެ ސަބަބުން ޖެހޭ ބަލިތައް ގިނަ ވާނެކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ފެންބޮޑުވުމުގެ ސަބަބުން މަދިރި ގިނަވުމުގެ ސަބަބުން މަދިރިން ޖެހޭ ބަލިތައް މަދުކުރުމުގެ ގޮތުން އެޗްޕީއޭއިން ވަނީ މަދިރިއާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދީފައެވެ.

ޓެގްސް: ކޮވިޑް19 ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.