ގދ. ފަރެސްމާތޮޑާ މަސްވެރިންނާއި ބައްދަލުކުރައްވަމުން ، ފޮޓޯ: ރައީސް އޮފީސް

ހަބަރު

12000 މެޓްރިކް ޓަނުގެ ކެޕޭސިޓީއެއް ގާއިމްކުރެވޭނެ : މިނިސްޓަރ ފައްޔާޒް

ރާނިއާ - ދިވެހި ރާއްޖެ | 13 ޑިސެންބަރު 2022 , އަންގާރަ 21:36   151

މިފްކޯއށް ދިމާވާ މަސްވެރިކަމަށް ލިބޭ ދަތިކަން ހައްލުކުރުމުގެ ގޮތުން މިހާރު ކުރިއަށޤ ރޭވިފައިވާ މަޝްރޫއުތަކާއި އެކު 12000 މެޓްރިކް ޓަނުގެ ކެޕޭސިޓީއެއް ގާއިމް ކުރުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޒް މިވާހަކަ ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ބޭއްވި ގިނަ ހަރަކާތްތަކުގެ ތެރެއިން މަސްވެރިންނާއި އެކު ސަރުކާރުގެ އިސްވެރިން ބޭއްވި ބައްދަލުވުމެއްގައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމެ ގޮތުން ގިނަ މަސައްކަތް ކުރަމުންދާ ކަމަށާއި، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ މަސްވެރިންނާއި މުހާތަބު ކުރަމުން ވިދާޅުވެފައެވެ. އެހްންކަމުން މިފްކޯގައި މަސް ކިރުމުގެ ދަތިތައް ހައްލުކުރުޖމުގެ ގޮތުން 12000 މެޓްރިކް ޓަނުގެ ކެޕޭސިޓީއެއް ގާއިމު ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރ ފާހަގަކޮށްލިއެވެ.

ކެޕޭސިޓީ އިތުރު ކުރުމަށް ހިންގާ މަޝްރޫއުތައް ސަރުކާރުގެ ޕްލޭންތަކާއި އެއްގޮތަށް ކުރިއަށް ދިޔަ ނަމަވެސް، މިފަދަ ކަންކަމަށް ވަގުތު ނަގާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ހަމައެހެންމެ މަސް ދޯނިތަކާއި އކު މަސް ގަންނަ ކުންފުނިތައް ތަރައްގީވެގެން ނުދާ ކަމަށް މިނިސްޓަރ އެއްބަސްވިއެވެ. އަދި ބިދޭސީން މަސް ދޯނިތަކުގައި ހަރަކާތްތެރިވެވޭ އަދަދު އިތުރު ކުރެވިފައި ވުމާއެކު، މަސް ދޯނިތައް ވެސް އިތުރުކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް އިކޮނިމިކް މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.